މިދިޔަ ބުދަ ދުވަހުގެރޭ މ.ފެނިނިރުގޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ތެރެއިން ކާކުކަން ދެނެގަނެވިފައި ނުވާ މިހާއަކީ ކާކުކަން ދެނެގަނެވިއްޖެކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މި އަލިފާނުގެ ހާދިސާގައި 10 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރެއިން އެކަކަކީ ކާކުކަން ނޭނގިގެން ކަމާއިބެހޭ ފަރާތްތަކުން ވަނީ އުޅެފައެވެ. ނަމަވެސް އެއީ ކާކުކަން މިހާރު ހޯދިފައިވާކަމަށާއި، އެއީ އިންޑިއާ ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މީހާގެ އިތުރުން އަލިފާނުގެ ބޮޑު ހާދިސާގާއި ނިޔާވެފައި ވަނީ އިންޑިއާއަށް ނިސްބަތްވާ 3 އަންހެނުންނާއި، ހަމަ އެޤައުމުގެ 4 ފިރިހެނަކާއި، ބަންގްލަދޭޝަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ މައުލޫމާތު ފޮރިން މިނިސްޓްރީއާއި އެމްބަސީތަކަށް ފުލުހުން ވަނީ އަންގާފައިކަމަށެވެ. އަދި ހަށިގަނޑު ގެންދަން ބޭނުންވާ އާއިލާތަކަށް އެ ފުރުސަތު ދީފައިވާކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
ނިރުފެހީގޭގައި ހިނގި އަލިފާނުގެ ހާދިސާއަކީ ރާއްޖޭގައި ހިނގި އަލިފާނުގެ އެންމެ ހިތާމަވެރި ހާދިސާއަށްވާއިރު މިކަން ހިނގި ގޮތް ފުލުހުންނަށް ހޯދިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު