ލޭންޑިންގ ކްރާފްޓެއް އިއްޔެ ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ވައިގެ މަގުންވެސް ކުރަމުންދާކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
އިއްޔެ ބަންޑުން ޖަހާލީ ގދ.ފަރެސްމާތޮޑާއިން ފުރައިގެން 14ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުން ދިޔަ "ލިއޯ ސަކްސަސް"ނަމަކަށް ކިޔާ ލޭންޑިންގކްރާފްޓެކެވެ.
މިލޭންޑިން ކްރާފްޓުން ދަތުރުކުރީ 2 ދިވެހިންނާއި 2 ބިދޭސީން ކަމަށާއި ގެއްލިގެން ހޯދަމުން އަންނަނީ ބިދޭސީ މީހެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެ ހާދިސާ ހިނގީ ބެޓެރީ ފެއިލްވެ، ދިޔަވުމުގެ ސަބަބުން ކަމަށާއި، އޭގެން ދަތުރުކުރި އެކަކު ގެއްލިގެން ހޯދުމަށް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރާކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައި ނުވާކަމަށާއި، އެހެންކަމުން ވައިގެ މަގުން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އިއްޔެ 12:50 ހާއިރުއެވެ.
ދިޔަވެ ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓުގައި ތިބި ފަޅުވެރިންގެ ތެރެއިން ތިން މީހުން ފުރަތަމަ ނަގާފައިވަނީ އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "ސީ ވީޑް" ނަމަކަށް ކިޔާ ދޯންޏަކަށެވެ.

ކިޔުންތެރިންގެ ހިޔާލު