މާލެ ނަގާފައި ދެން އެންމެ އަވަހަށް ކުރިއެރުވިދާނެ އިގުތިސާދެއްކަމަށް ސަރުކާރަށް ފެނުނީ އައްޑޫ ސިޓީގެ އިގުތިޞާދު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާރު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ޓީވީ އިންޓަވިއުއެއްގައި ފައްޔާޒު ވިދާޅުވީ، މާލެ ނަގާފައި ދެން އެންމެ އަވަހަށް ކުރިއެރުވޭނެ އިގުތިސާދެއްކަމަށް ސަރުކާރަށް ފެނުނީ އައްޑޫ ސިޓީގެ އިގުތިސާދު ކަމަށާއި އެހެންކަމުން އެ ސިޓީއަށް ހާއްސަކޮށްގެން ގިނަ ޕްރޮޖެކްޓްތަކެއް އެބަ ކުރިއަށް ގެންދެވޭކަމަށެވެ.
އެގޮތުން އައްޑޫގައި ކުރިއަށްދާ މަޝްރޫއުތަކަށް އަލިއަޅުވާލައްވާ ފައްޔާޒު ވިދާޅުވީ، އައްޑޫގެ މަގުހެދުމުގެ މަސައްކަތަކީ މީގެ ކުރީ ސަރުކާރަކުން ކޮށްދީފައި ނުވާކަމެއް ކަމަށެވެ. އަދި އެ މަސައްކަތް އައްޑޫ ރައްޔިތުން އެންމެ ބޭނުންވާ ސްޕީޑުގައި ނުދިޔަނަމަވެސް، މީގެ ކުރިން އެއްވެސް ބަޔަކު ނުކޮށް އޮތްކަމެއް ކޮށްދެމުން އެދަނީ މި ސަރުކާރުން ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއާއި ގުޅޭގޮތުން ފައްޔާޒު ވިދާޅުވީ، މިއަންނަ އަހަރުގެ ކުރީކޮޅު އައްޑޫ ބިންހިއްކުމުގެ މަސައްކަތް ރައްޔިތުންނަށް ރަނގަޅަށް ފެންނަވަރަށް ފެށިގެން ކުރިއަށް ދާނެކަމަށެވެ.
އޭގެ އިތުރުން ގަން އެއަރޕޯޓުގެ ޓާމިނަލް ބިލްޑިންގއާއި އަސްލު މާނައިގައި އިންޓަނޭޝަނަލް އެއަރޕޯޓަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ޓެންޑަރކޮށްގެން ބަޔަކާ ހަވާލު ކުރުމުގެ މަސައްކަތްތައް އެދަނީ ކުރެވެމުން ކަމަށްވެސް ވިދާޅުވިއެވެ. ފައިސާ ހަމަޖެހިފައިވާ އެ ޕްރޮޖެކްޓް އަންނަ އަހަރުގެ ކުރީކޮޅު ބަޔަކާ ހަވާލު ކުރެވޭނެކަމަށް ލަފާ ކުރައްވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ، އައްޑޫގެ ޓޫރިޒަމާއި ގުޅޭގޮތުން އުފާވެރި ހަބަރުތަކެއް ވަރަށް އަވަހަށް ސަރުކާރުން ހާމަ ކުރާނެކަމަށެވެ.
އަދި ކުރީ ސަރުކާރުގައި ފެނިގެން ދިޔައީ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަންވީމަ، އެންވާރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީޕީއޭ ވެސް އެކި މިނިސްޓްރީ ތަކުގެ ދަށަށް ގެންގޮސް ބޭނުންގޮތަކަށް ކަންކަން ކުރަމުން ދިޔަތަން ކަމަށެވެ. ނަމަވެސް، މި ސަރުކާރުން އެގޮތަށް ކަންކަން ނުކުރާނެ ކަމަށާއި ޑިމޮކްރަސީއާއި އިންސާފުން ކަންކަން ކުރަންޏާ، ބައެއްކަހަލަ ލަސްވުމާއި ދަތިތައް ދިމާވާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު