ފުލުހުންނާއި އެމްއެންޑީއެފު ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ޓެރަރިޒަމާއި ގުޅޭ މައްސަލައެއްގައި ޖުމުލަ 13 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން މިއަދު ބުނީ، ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން ކުރިއަށް ގެންދާ ކައުންޓަރޓެރަރިޒަމް އޮޕަރޭޝަންގައި މިހާތަނަށް އައްޑޫ ސިޓީއިން ނުވަ މީހަކާއި މާލެއިން ދެ މީހަކާއި ކ. ގުރައިދޫއިން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އަދި މި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް، މި އޮޕަރޭޝަނުގެ އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން