އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓާއިމެދު ދެކޭގޮތް ހާމަކޮށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ދިން ބަޔާނާއިމެދު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ފާޑު ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައި މިވަނީ އަންނަ އަހަރުގެ ބަޖެޓާއި ގުޅޭގޮތުން އެމްއެމްއޭއިން ދީފައިވާ ލަފަޔަށް ޢެހެން ބައެއް ސިޔާސީ ފަރާތްތަކުންނާއި ސަރުކާރުގެ އިސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ފޮނުވާފައިވާ ލަފާގައި ފާޅުކުރި އެއް ކަންބޮޑުވުމަކީ ކުރިން ޗާޕްކުރި ފައިސާވެސް ސަރުކާރުން އަނބުރާ އެމްއެމްއޭއަށް ދައްކާފައި ނުވުމެވެ. އަދި އެކަމުގެ ސަބަބުން މާލީ ގޮންޖެހުންތައް ބޮޑުވަމުން އަންނަކަން އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.

އެމްއެމްއޭގެ ލަފާފުޅާއި ގުޅިގެން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ ބަޖެޓާއިމެދު ފަންނީ ލަފާ ފުޅެއް ދެއްވުމުގެ ބަދަލުގައި، އެމްއެމްއޭއިން ދީފައިވަނީ ސިޔާސީ ލަފައެއް ކަމަށެވެ. އަދި މިއީ ސިޔާސީ ވަކި ލީޑަރަކާއި އެ މީހަކަށް ތާއީދުކުރާ ފަރާތްތައް ރުއްސަން ދިން ބަޔާނެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.



ބަޖެޓާއި ގުޅޭގޮތުން އެމްއެމްއޭއިން ދިން ލަފާގައި އިތުރަށް ބުނެފައިވަނީ ފައިސާ ޗާޕްކުރުމުގެ ސަބަބުން އިގްތިސާދުގައި ދައުރުވާ ރުފިޔާާ އިތުރުވުން ހުއްޓުވަން އެމްއެމްއޭއަށް އަންނަ އަހަރުވެސް ޖެހޭނީ އޯޕަން މާކެޓް އޮޕަރޭޝަން ނުވަތަ އެގޮތަށް ދައުރުވާ ރުފިޔާ މަދުކުރަން ފިޔަވަޅު އަޅަން ކަމަށެވެ. އަދި އެ ފިޔަވަޅުގެ ސަބަބުން ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ރާއްޖޭގެ މާލީ ބާޒާރަށް ވިއްކާ ޓީބިލަށް ބޭންކުތަކުން އިންވެސްޓްކުރާ އަދަދު މަދުވާނޭ ކަމަށް އެމްއެމްއޭއިން ފާހަގަކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު


5

ާއަލިފުތާ

12-Nov-2022

ތާސް އަދާއިހަމާއްދިނީސިޔާސީ ރައު



ޓްރެންޑިން