ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީގެ މެމްބަރުން މަޖިލީހުގައި ތިބެގެން މިވަރަށް ރައީސުލްޖުމްހުރިއްޔާއަށް ފާޑުކިޔާ މަޖިލީހެއް ދެކެވަޑައިނުގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވެފައި މިވަނީ ފަހަކަށް އައިސް އެމްޑީޕީގެ ބައެއް މެމްބަރުން ރައީސް ސާލިހުއަށް މަޖިލީހުގައި ވަރަށް ބޮޑަށް ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ. އަދި ރައީސް ސާލިހަށް ތާއީދު ނުކުރައްވާ ކަމަށްވެސް އެ މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ސޯޝަލް މީޑިއާގައި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝުޖާއުއާއި މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ ދެއްކެވި ވާހަކަތަކެއްގައި ޝުޖާއު ވަނީ މިކަމާއި ގުޅޭގޮތުން މޫސައަށް މަލާމާތުގެ ޒާތަކަށް ރައްދު ދެއްވާފައެވެ.

"‏‎‎މޫސާ ނުފެނޭތަ މަޖިލިސްތެރޭ މޫސަގެ ޕާޓީގެ މެމްބަރުން މޫސަގެ ރައީސް ނޮޅާ އެއޮއްގެން ކަނީނުން. މޫސަ ލަދުގަނެބަލަ, މީދުވަހަކުވެސް އަމިއްލަ ޕާޓީއެއްގެ ތެރޭގަ ވީކަމެއްތަ؟ މޫސަ އަކީ ޕީ.ޕީ.އެމްގަވެސް އުޅުނު މީހެއް. މިކަހަލަ މަންޒަރު ދުށިންތަ؟މޫސައަށް ތިޔަ ތަނަށް ދެވުނީމަ ހާދަވަރެކޭދޯ ތިވަނީ؟" ޝުޖާއު ވިދާޅުވިއެވެ.



ޝުޖާއުގެ ވާހަކަތަކަށް ރައްދު ދެއްވަމުން މޫސަ ވިދާޅުވީ މިއީ ޑިމޮކްރަސިގެ ރަންޒަމާންކަމަށެވެ. އަދި ޕާޓީގައި ހުރެގެން ޕާޓީ މެމްބަރުންނާއި ދިމާލަށް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

"‏‎‎މިއީ ޑިމޮކްރަސީގެ ރަންޒަމާން ސުޖާއަށްވެސް އެނގޭނެ މިކަން މިިނހިގާގޮތް. މަވާ ނެތިން އެއްޗެއް ބުނާކަށް. ޕާޓީގައި ހުރެގެން ޕާޓީ ކުދިންނަކަށް އެއްޗެއް ނުބުނާނަން. އިބޫ ވެރިކަމަށް ނަގާނަން އިރާދަުރެއްވިއްޔާ. އަވާމެންދުރު ފިލާނީ އަލާފިލީމަ. ކައުންސިލް ރަނގަޅު ކޮށްބަލަ." ޝުޖާއުއަށް ރައްދު ދެއްވަމުން މޫސަ ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދިފައިވާއިރު އެއް ބަޔަކު އަނެއް ބަޔަކަށް ދަނީ ވަރަށް ހުތުރުކޮށް ފާޑު ކިޔަމުންނެވެ. އެކަމާއި ގުޅިގެން ޕާޓީގެ މެމްބަރުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ތޫރަ

12-Nov-2022

ބަލަ ބުރާންޗާ އެއީ މިނިވަން ޑިމޮކްރަސީ އަކީ . ކަލޭ ގެ ލީޑަރު ދެކެ ކަލޭމެން ވަރައް ބިރުގަންނާނެ އެއީ ޚުދުމުޚްތާރު ލީޑަރެއް ވީމަ ކަލޭމެންނަށް ވެސް އެނގޭ ކަލޭ މެންގެ ލީޑަރ މޮއްފަ ނުކުރާނެ ކަމެއް ްްނޯންނާނެ ވަރައް ނުރައްކާތެރި މީހެއް ކަން. އެއީ ދޯ؟



ޓްރެންޑިން