ހިލޭ ޑިގްރީއަކީ ކިޔެވުމުގެ އުއްމީދު ކެނޑިފައިވާ ކުދިންނަށް ލިބުނު ދިރުމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ވިދާޅުވެއްޖެއެވެ.

މެމްބަރު ހުސައިން މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބާތުގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުމަށް ފާއިތުވި 4 އަހަރު ސަރުކާރުން ކުރި މަސައްކަތްތަކާއެކު ޒުވާނުންގެ އުންމީދުތަކުގައި ދަނީ ކުލަ ޖެހެމުންކަމަށެވެ. ވަކިން ޚާއްޞަކޮށް ޒުވާނުންނަށް ހިންގޭ ހުނަރު ޕްރޮގްރާމާ، ހިލޭ ޑިގްރީ ޕްރޮގްރާމަކީ ދިވެހި ޖުމްހޫރިއްޔާގެ ކުރިމަގަށް ކުރެވޭ އެންމެ ބޮޑު އިންވެސްޓްމެންޓްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުތަކަށް ތާއީދުކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ވިދާޅުވީ ހިލޭ ޑިގްރީއަކީ ކިޔެވުމުގެ އުއްމީދު ކެނޑިފައިވާ ކުދިންނަށް ލިބުނު ދިރުމެއްކަމަށެވެ. އަދި އެއީ އިލްމީ ޖީލެއް ބިނާކުރުމަށް ރައީސް ‎ސާލިހު ފެއްޓެވި މުހިންމު ގައުމީ މަސައްކަތެއްކަމަށްވެސް ހުސައިން ވިދާޅުވިއެވެ.

ހުސައިން ވިދާޅުވީ މުސްތަގުބަލަށް އެޅުއްވި ފިޔަވަޅުގެ ސަބަބުން 15،547 ދަރިވަރުންގެ ހަޔާތަށް ރޯޝަންކަން ގެނުވައިފިކަމަށެވެ.



ރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ މީގެ 4 އަހަރު ކުރިން ރާއްޖޭގެ ޒުވާނުން މެދުއުޑުގާ ފިޔަޖެހުމަށް ކުރި އުންމީދު އޮތީ، ހަމައެކަނި އިވުނު އަޑެއްގެ ގޮތުގައިކަމަށެވެ. ނަމަވެސް މި ފާއިތުވި 4 އަހަރު މުޅިން އަލަށް 15547 ޒުވާނުންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށް ދެވިއްޖެކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ވަޒީފާގެ މާހައުލަށް ޒުވާނުން ތައްޔާރުކުރުމަށް ސަރުކާރުން ހިންގާ، ހުނަރާ ތަމްރީނު ޕްރޮގްރާމްތަކުން އެކަނިވެސް 5000 އަށްވުރެ ގިނަ ފުރުސަތު ހޯދާ ދެވިއްޖެކަމަށެވެ. އަދި މިހާރު މިއޮތް ފުރުޞަތުތައް. މީގެކުރިން ޒުވާނުންނަށް ފަހިވިނަމަ، މިއަދުގެ ނަތީޖާ މާރަނގަޅުވީސްކަމަށާއި ގޮތްހުސްވެ، މާޔޫސްވެ މަގުގެއްލި މަގުތަކަށް ގިނަވާ ޒުވާނުން، މިހާރާ އެއްވަރަށް އޭރުވެސް މަދު ކުރެވުނީސްކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


1

ބ.

12-Nov-2022

ތިފައިސާ ބަހަނީ ގަދަރީނދޫ ކުލަޖެހިފަތިބި ފަރާތްތަކުގެ ދަރިންނަށް. ދެންކޮން ހިލޭ ޑިގުރީއޭ ކިޔާ ފޮނިވާހަކައެއް ތިފަތުރަނީ?



ޓްރެންޑިން