ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ސަރުކާރުގެ ހަރަދު ކުޑަކުރުމަށް މިއަންނަ އަހަރުގެ ބަޖެޓުގައި އިސްކަމެއް ދީފައިވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، ކޯވިޑް 19 އާއި އަދި އޭގެ ފަހުން ކުރިމަތިވި ރަޝިޔާ ޔޫކްރޭން ހަނގުރާމައިގެ ސަބަބުން، އިޤްތިޞޯދީ ގޮތުން ރާއްޖެ ވެއްޓުނު ފުންވަޅުގަނޑުން، ސަރުކާރާ ރައްޔިތުންގެ މަސައްކަތުން އަރައިގަނެވިފައިވާ ކަމަށެވެ. އެހެންނަމަވެސް މިއީ މުޅި ދުނިޔެއަށްވެސް ދަތި ދުވަސްވަރެއް ކަމުގައިވާތީ ރާއްޖެއަށް ވެސް އޭގެ އަސަރުތައް ކުރަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިކަންކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރަށްވުރެ ބޮޑީ ސިޔާސީ ބޭނުމަށްޓަކައި އެކި ފަރާތްތަކުން ދައްކާ ވާހަކަތައް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި އިސްކަންދީފައިވާކަމަށެވެ. އެހެންނަމަވެސް އެ ފިޔަވަޅުތައް ކުރިއަށް ގެންދަވާނީ ރައްޔިތުންނަށާއި އިޤްޠިޞާދަށް އޭގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރު އެންމެ ކުޑަވާނެގޮތައްކަން އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާއިތުވި 4 އަހަރުގެ ތެރޭގައި އިޤްތިޞާދީ ހަރަކާތްތައް ކުރިޔަށްގެންދިއުމާއި އެދާއިރާއިން ޙާޞިލުކުރެވިފައިވާ ބައެއް ކުރިއެރުންތަކަށްވެސް އަލިއަޅުވާލެއްވިއެވެ.

ރައީސް މިފަދައިން ވިދާޅުވިއިރު އެމަނިކުފާނުވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް މިހާރުވެސް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިކަން ފާހަގަ ކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން