އިބްރާހިމް ފަހީމް   12 ނޮވެމްބަރު 2022 - 4:0
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމާއި، ކީރިތި ޤުރްއާން ހިތުދަސްކޮށްގެން އެއްވަނަ ދަރަޖައިގައި ފާސްވި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް މިރޭ ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި އިނާމުތައް ދެއްވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މި އަހަރު ލިބިވަޑައިގަތީ، 65 ފަރާތަކަށެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރެއްވީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ 9 ބޭފުޅަކާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 41 ބޭފުޅަކާއި އަދި ފަންނުވެރި މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ބޭފުޅަކަށާއި، އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ ރޮނގުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހާސިލުކޮށްފައިވާ ފަރާތެކެވެ.

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދި ބޭފުޅުން؛

- ޑޮކްޓަރ ޢާއިޝަތު ޝަފިނާ، ގ. މަންބަޢު

- ޑޮކްޓަރ ފާޠިމަތު މުނާ، ސަނޯރާމާގެ އދ. މަހިބަދޫ

- ޑޮކްޓަރ ޢާއިޝަތު ނަޝީދާ، މ. ރުއްފުށި

- ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް، ގުލްބަކާގެ، ގދ. ފިޔޯރީ

- ޑޮކްޓަރ އާމިނަތު ޝިޔާމާ، ގ. ބްލޫވިންގ

- ޑޮކްޓަރ ވަސީމާ ފިކުރީ، ފެހިވިލު، ތ. ތިމަރަފުށި

- ޑޮކްޓަރ ފާޠިމަތު ނަޖާދާ ޢަބްދުﷲ، ދަފްތަރު. ނަންބަރު ދރ 586

- ޑޮކްޓަރ ޙައްވާ ޝިއުނާ މުޞްޠަފާ، މ. ކަނޑުފުށި

- ޑޮކްޓަރ އަޙްމަދު މުޙައްމަދު، މާކޯނި، ނ. ވެލިދޫ

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯއްދެވި ބޭފުޅުން؛

- ޢަލީ ޝައުޒޫން، ޑިލައިޓްހާރޓް، ސ. މަރަދޫ

- އަލްފާޟިލާ ދިޔާނާ ޢަބްދުﷲ، ރަންކޮކާގެ، ދ. ހުޅުދެލި

- އާދަމް ޝަރީފް، ރަބީޢުގެ، ތ. ކަނޑޫދޫ

- އިބްރާހީމް ނަވާފް، ޖިފްޓި، ސ. ހުޅުދޫ

- ލުބްނާ މުޙައްމަދު، ލެގޫނާ، ހދ. ކުޅުދުއްފުށި

- މުޙައްމަދު ޒުހައިރު، ސާހިލް، ށ. ފޯކައިދޫ

- ފާޠިމަތު ރައުދާ، ފިނިފަރު، ތ. ވިލުފުށި

- އަޙްމަދު އަމީން، ދަފްތަރު. ނަންބަރ ރސ 13923

- މުޙައްމަދު އަމީން، ފެންވަރު، ކ. ކާށިދޫ

- މަރްޔަމް އަފްޒާ އަޙްމަދު، ނޫރާނީއާގެ، ޅ. ނައިފަރު

- އަޙްމަދު ނިޝާމް، ފިނިހިޔާ، ތ. ހިރިލަންދޫ

- ޢާއިޝަތު މަންޞޫދާ، ދެވެލި، ގއ. ވިލިނގިލި

- ފާޠިމަތު ސަދާ މުޙައްމަދު އިބްރާހީމް، ދިލާސާގެ، ޅ. ނައިފަރު

- ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޟިޔާޢު، ގުލިސްތާނުގެ، ގއ. ގެމަނަފުށި

- ޢާއިޝަތު ރަޝީދާ، ސާދާގެ، ސ. ހިތަދޫ

- އަޙްމަދު އަކްރަމް، އައްސޭރި، ތ. ވޭމަންޑޫ

- އަޙްމަދު ޝިޔާމް އިބްރާހީމް، ފަރުމާ، ށ. ފޯކައިދޫ

- ނަޢީމާ އަޙްމަދު، ހިރުނދުމާގެ، ރ. މީދޫ

- އިބްރާހީމް ރަޝީދު، އެހުރު، ފ. ނިލަންދޫ

- ނަޝާޔާ ރަޝީދު، ގުލާބީވިލާ، ގދ. ފިޔޯރި

- ޝަފްރާޒް ރަޝީދު، ދަފްތަރު. ނަންބަރު ރސ 11690

- އަލްފީނު ޢަދުނާން އިސްމާޢީލް، ވެހެލި، ގދ. ތިނަދޫ

- ޙަލީމަތު ނަހުލާ އަޙްމަދު، ނިޝާން، ޅ. ހިންނަވަރު

- ޙުސައިން ނަޡީރު، ވައިޓްރޯސް، ނ. ޅޮހި

- އިސްމާޢީލް ޞަބާޙް، މއ. ޕިންކްޑްރީމް

- ޢާއިޝަތު ނާޡިމާ، މަލަސް، ބ. ގޮއިދޫ

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯއްދެވި ބޭފުޅުން؛

- ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ފިރާޟް، ޖަނަވަރީމާގެ، ހއ. އިހަވަންދޫ

- ތުޙްފާ ޢަބްދުﷲ، ހަމަވަތި، ބ. ދަރަވަންދޫ

- ސަޢާދާ އިބްރާހީމް، ބިންމާގެ، ނ. މާޅެންދޫ

- ޢާއިޝަތު މިހުނާ ނާސިޙް، މިމްސާ، ގދ. ގައްދޫ

- ޙަލީމަތު ރަޝީދާ، ލަކްސަމީގެ ,ހއ. އިހަވަންދޫ

- ފަސްޓް ލެފްޓިނަންޓް އިބްރާހީމް ޢަލީ, ކަޝްމީރުވާދީ، ހދ. މަކުނުދޫ

- އިންސްޕެކްޓަރ އޮފް ޕޮލިސް އުސްވަތު އަޙްމަދު، އަސޭގެ، ގދ. ތިނަދޫ

- މަރްޔަމް ރަނާ، ރިހިގެ، ހއ. ހޯރަފުށި

- ޢާއިޝަތު ޒައިފާ، ގ. ގޮޅާގެ

- އާމިނަތު ރިޝްމީ، ސަމާ، ހއ. މާރަންދޫ

- ޢާއިޝަތު ޢުލްޔާ ޢާޒިމް، ހ. ދިޔަދޫގެ

- މުޙައްމަދު ނަފުޢާން ޢާމިރު، މ. ދޮންލުބޯގެ

- ފާޠިމަތު ޔަމާން ޝުޢާޢު، ރިޔަން، ސ. ހިތަދޫ

- މުޙައްމަދު ސިމްޔާން ޝަރީފު، އަލިމަސްގެ، ގދ. ތިނަދޫ

- ފާޠިމަތު ނަވްޒާ، ޖަނަވަރީގެ، ސ. ފޭދޫ

ހުނަރުވެރި ފަންނުވެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ހާސިލުކުރެއްވީ އދ. ދަނގެތީ، އޯޝަންވިލާ، މުޙައްމަދު އަކްރަމެވެ.

އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ ރޮނގުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހާސިލު ކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ހާސިލުކުރެއްވީ، ކެޕިޓަލް ޓްރެވަލް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑުންނެވެ.

ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މެޑެލް ހާސިލުކުރެއްވި 13 ޙާފިޡުންނަކީ؛

- އަލްޙާފިޡާ ފާޠިމަތު ފައުޒިއްޔާ، އާވެލި، ސ. ހިތަދޫ

- އަލްޙާފިޡާ ޝިފާ ބިންތު ޢަބްދުﷲ ޙަމީދު، މަތިމަރަދޫ. މާލަމް، ލ. ގަން

- އަލްޙާފިޡް ހޫދު މުޙައްމަދު ޢަލީ، ދިގުވާނޑު. އަނޯވާ، ޏ. ފުވައްމުލައް

- އަލްޙާފިޡް މުޙައްމަދު އަނީސް ޙުސައިން، މިސްކިތްމަގު. މާވޭދެ، ޏ. ފުވައްމުލައް

- އަލްޙާފިޡާ ޞަފިއްޔާ ޢަލީދީދީ، މާލެގަން. މާވިނަ، ޏ. ފުވައްމުލައް

- އަލްޙާފިޡް މުޙައްމަދު ފަލާޙް ޞާލިޙް، އިތާމުތްގެ، ސ. ހިތަދޫ

- އަލްޙާފިޡް ޢަބްދުﷲ ބިން އިމްޖާދު، ގ. ރައިހާނުގެ

- އަލްޙާފިޡާ ފާޠިމަތު ޙަސަން، ރޯޒްބޯލް، ސ. ހިތަދޫ

- އަލްޙާފިޡް މުޙައްމަދު އައިދިން ނަޖުމީ، ކަށިމާގެ، ސ. މަރަދޫ

- އަލްޙާފިޡް ޢަބްދުލްބާސިޠް ސަލީމް، ދިލްކަޝްވިލާ، ގދ. ހޯނޑެއްދޫ

- އަލްޙާފިޡް ޢައްމާރު ބިން އިބްރާހީމް، ދަފްތަރު ނަންބަރު 011، ނ. ވެލިދޫ

- އަލްޙާފިޡާ މަރްޔަމް ނައިސަމް ސަޢީދު، ކުރިބޯށި، ސ. ފޭދޫ

- އަލްޙާފިޡް އަމަން އަޙްމަދު ޢާޠިފް، ޑޭޒީމާގެ، ބ. ހިތާދޫ

މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވިއެވެ.

އިނާމުދެއްވާނެ ފަރާތްތައް ކަނޑައަޅުއްވާނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން