ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރަށް ވުރެ "ސިޔާސީ ބޭނުމަށް މިޔަ އަޅާ، ތޫނުކުރި ބަހުރުވައިގެ" ގެއްލުން ބޮޑު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ހަތަރު އަހަރުގެ ތެރެއިން ދެ އަހަރު ހޭދަކުރަން ޖެހުނީ އާލަމީ ވަބާއެއްގެ ތެރޭގައި ކަމަށެވެ. އެވަބާއާއެކު ރާއްޖޭގެ އިގްތިސާދު ފުން އަނދަވަޅަކަށް ވެއްޓުނު ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
ރައީސް ސާލިޙު ވިދާޅުވީ ކޮވިޑްގެ ވަބާ އާއެކު ރާއްޖޭގެ ބޯޑަރު ބަންދުކުރަން މަޖުބޫރުވި ކަމަށާއި އާމްދަނީ ހުއްޓި، ރަށްތައް ތަޅުލާ، ފުރަމާލެ ފުރަބަންދަށް ލާންޖެހުނު ކަމަށެވެ. އެހާލަތުގައި ސަރުކާރުން ބެލީ ތަރައްގީ ނުހުއްޓި ކުރިއަށް ދެވޭނެ ގޮތެއް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ކޮވިޑުގެ އާލަމީ ވަބާގައި ވިޔަފާރިތައް ހީނަރުވެ، ވަޒީފާތައް ގެއްލި، އާމްދަނީ އުނިވި އެންމެންނަށް ސަރުކާރުން އެހީތެރިވެދިންކަން ފާހަގަކުރަށްވާފައެވެ.
ރައީސް ވިދާޅުވީ ސަރުކާރެއްގެ ހަގީގީ ޒިންމާއަކީ، އެ ބުރަ ވަކިވަކި ފަރުދުންގެ ބޮލުގައި ނާޅުވާ ސަރުކާރުން އުފުލުން ކަމަށެވެ. އެކަން އެމަނިކުފާނުގެ ސަރުކާރުން ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި، ކޮވިޑުގެ އެންމެ ފުން ތަނުން އަރައިގަތް ވަގުތާ ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ދިމާވުމުން އަނެއްކާވެސް އަޑިގަނޑަކަށް އެރެން ޖެހިފައިވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
"މިއީ މުޅި ދުނިޔެއަށްވެސް ދަތި ދުވަސްވަރެއް. ރާއްޖެއަށްވެސް އޭގެ އަސަރު އެބަކުރޭ. ނަމަވެސް ކުރާ ނޭދެވޭ އަސަރަށް ވުރެ ބޮޑީ ސިޔާސީ ބޭނުމަށް މިޔަ އަޅާ، ތޫނުކުރި ބަހުރުވަ. ރާއްޖެ ބަނގުރޫޓްވެ، އިގްތިސޯދު އިނދަޖެހި ރައްޔިތުން ބިކަވެއްޖެ ކަމުގެ ބިރު، އަބަދާ އަބަދު ރައްޔިތުންނަށް އެބަދައްކާ. ނަމަވެސް ސަރުކާރު މިއޮތީ ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ހޭލާ،" އިދިކޮޅުން ދައްކަމުން ގެންދިޔަ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ، ސަރުކާރު އޮތީ ކުރިމަތިވެދާނެ ގޮންޖެހުމަކަށް ތައްޔާރަށް ކަމަށެވެ. އެގޮތުން މީގެ ކުރިން ދިމާވި ދަތި އުނދަގޫ ހާލަތުން އަރައިގެންފައިވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހަރަދު ކުޑަކުރަން ފިޔަވަޅު އަޅަން އިސްކަން ދީފައިވާނެ ކަމަށެވެ. އެކަންކަން ކުރަނީ ރައްޔިތުންނަށާއި އިގްތިސާދަށް އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރު އެންމެ ކުޑަވާނެ ގޮތަށް ކަމަށް ރައީސް ސާލިޙު ވިދާޅުވި އެވެ.
"އުފާފާގަތި މާދަމާއެއް ހޯދޭނެ ކަމުގެ ފެހި ސިގްނަލް ރާއްޖޭގެ އިގްތިސޯދީ މީޓަރުން ދަނީ ދައްކަމުން." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ މާލީ އިދާރާތަކުގެ ލަފަޔާ އެއްގޮތަށް، އާމްދަނީ އިތުރުކުރުމުގެ ގޮތުން ޓެކްސް ރޭޓްތަކަށް ބަދަލު ގެނައުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. ޓެކްހަށް ގެންނަނީ ރަނގަޅު ބަދަލެއްކަން އެމްއެމްއޭގެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ޓެކްސްގެ ނިޒާމަށް ގެނެވޭ ބަދަލާއެކު، ދައުލަތުގެ ރަސްމީ ރިޒާވަށް ވެސް އޭގެ ހެޔޮ އަސަރުކުރާނެ،" ރައީސް ވިދާޅުވިއެވެ.

President @ibusolih and First Lady Fazna Ahmed attends the function to commemorate Republic Day. The "President’s Award for Special Achievement" will be conferred at the function. pic.twitter.com/X7JvMRoQyu
— The President's Office (@presidencymv) November 11, 2022
ރައީސް ވިދާޅުވީ ސަރުކާރެއްގެ ހަގީގީ ޒިންމާއަކީ، އެ ބުރަ ވަކިވަކި ފަރުދުންގެ ބޮލުގައި ނާޅުވާ ސަރުކާރުން އުފުލުން ކަމަށެވެ. އެކަން އެމަނިކުފާނުގެ ސަރުކާރުން ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި، ކޮވިޑުގެ އެންމެ ފުން ތަނުން އަރައިގަތް ވަގުތާ ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ދިމާވުމުން އަނެއްކާވެސް އަޑިގަނޑަކަށް އެރެން ޖެހިފައިވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
"މިއީ މުޅި ދުނިޔެއަށްވެސް ދަތި ދުވަސްވަރެއް. ރާއްޖެއަށްވެސް އޭގެ އަސަރު އެބަކުރޭ. ނަމަވެސް ކުރާ ނޭދެވޭ އަސަރަށް ވުރެ ބޮޑީ ސިޔާސީ ބޭނުމަށް މިޔަ އަޅާ، ތޫނުކުރި ބަހުރުވަ. ރާއްޖެ ބަނގުރޫޓްވެ، އިގްތިސޯދު އިނދަޖެހި ރައްޔިތުން ބިކަވެއްޖެ ކަމުގެ ބިރު، އަބަދާ އަބަދު ރައްޔިތުންނަށް އެބަދައްކާ. ނަމަވެސް ސަރުކާރު މިއޮތީ ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ހޭލާ،" އިދިކޮޅުން ދައްކަމުން ގެންދިޔަ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ، ސަރުކާރު އޮތީ ކުރިމަތިވެދާނެ ގޮންޖެހުމަކަށް ތައްޔާރަށް ކަމަށެވެ. އެގޮތުން މީގެ ކުރިން ދިމާވި ދަތި އުނދަގޫ ހާލަތުން އަރައިގެންފައިވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހަރަދު ކުޑަކުރަން ފިޔަވަޅު އަޅަން އިސްކަން ދީފައިވާނެ ކަމަށެވެ. އެކަންކަން ކުރަނީ ރައްޔިތުންނަށާއި އިގްތިސާދަށް އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރު އެންމެ ކުޑަވާނެ ގޮތަށް ކަމަށް ރައީސް ސާލިޙު ވިދާޅުވި އެވެ.
"އުފާފާގަތި މާދަމާއެއް ހޯދޭނެ ކަމުގެ ފެހި ސިގްނަލް ރާއްޖޭގެ އިގްތިސޯދީ މީޓަރުން ދަނީ ދައްކަމުން." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ މާލީ އިދާރާތަކުގެ ލަފަޔާ އެއްގޮތަށް، އާމްދަނީ އިތުރުކުރުމުގެ ގޮތުން ޓެކްސް ރޭޓްތަކަށް ބަދަލު ގެނައުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. ޓެކްހަށް ގެންނަނީ ރަނގަޅު ބަދަލެއްކަން އެމްއެމްއޭގެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ޓެކްސްގެ ނިޒާމަށް ގެނެވޭ ބަދަލާއެކު، ދައުލަތުގެ ރަސްމީ ރިޒާވަށް ވެސް އޭގެ ހެޔޮ އަސަރުކުރާނެ،" ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު