މިދިޔަ 4 އަހަރަކީ ދިވެހި ރައްޔިތުންނަށް ތަފާތެއްނެތި، ހަމަހަމަކަމާއެކު ވެރިކަންކޮށްދެވުނު 4 އަހަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެ 4 އަހަރު ކުރިން ދިވެހި ރައްޔިތުންނަށް އެރުވި ޔަޤީންކަމެއްވާނެކަމަށާއި އެއީ އެއީ ދިވެހި ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދިނުމުގައި، އެއްވެސް ރައްޔިތަކު ތަފާތު ނުކުރާނެކަމުގެ ޔަޤީންކަންކަމަށެވެ.
"މިއަދު މިއީ އޭގެ 4 އަހަރު ފަސް. ޔަޤީންކަމާއެކު، މިއަދު އަޅުގަނޑަށް މިވާހަކަ ދެންނެވިދާނެ. އެދުވަހު އެވީވަޢުދުން ކަސިޔާރު ނުވެ، ދިވެހި ރައްޔިތުންނަށް ހަމަހަމަ 4 އަހަރުކަމުގާ، ފާއިތުވި 4 އަހަރު ވެގެން ހިނގައްޖެ. އެކަން ﷲ ގެ ހެޔޮ ރަޙްމަތުން، އަޅުގަނޑަށް ކުރެވިއްޖެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޖުމްހޫރީ ދުވަސް މިއަދު ފާހަގަކުރާއިރު މީގެ 4 އަހަރު ފަހަތަށް އަޅުގަނޑުމެންގެ ހަނދާންތަށް ސޮއްސާލުމަށް މިއީ، މުނާސަބު ވަގުތެއްކަމަށެވެ. ރައީސް ވިދާޅުވީ އެދުވަހު ޤައުމުގާ އޮތީ ހާސްކަމާ ކަންބޮޑުވުމާ، ނުތަނަވަސްކަމާ ބިރުވެރިކަމުގެ ތެރޭގައިކަމަށެވެ.
"ސަބަބަކީ ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ޙައްޤުތަކާ މިނިވަންކަން ލިބިދިނުމުގާ، ކަށަވަރުކަމެއް ނެތުން. އެއްބަސްނުވާ ކޮންމެ މީހަކު ވެފައިވަނީ، ވެރިކަމުގެ ހަތުރަކަށް.އޭގެ އެންމެ ބޮޑު ސަބަބަކަށް އޭރުއެކަންވީ، ޤާނޫނު އަސާސީ ތަޞައްވަރު ކޮށްދިން ޑިމޮކްރަސީގެ ހަމަތައް ގެއްލުވާލުން. ވެރިކަމުން، ޤާނޫނީ ހަމަތަކަށް ތަބާވުން ދޫކޮށް، ވެރިކަމުގެ ފަރާތުން ޤާނޫނުގެ ބާރު ލަންބާ، ގުދުކޮށް ވާންކުރުން. ނަތީޖާއަކަށްވީ، ވެރިކަމުގެ ނިޒާމް ކިލަނބުވެ، ހިނގާ ކަންކަމުގެ ދެފަރާތް ފެނުން އެއީ، ނެތް ފުރުޞަތަކަށްވުން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީގެ 4 އަހަރު ކުރިން، ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ، ކުޑަގޮޅީގަ ނުވަތަ އެގޮޅީގެ އަނގަމަތީގައިކަމަށެވެ. އަދި ގޯހުން ހިނގާ ކަންކަން ރަނގަޅު ކުރުމުގެ ފުރުޞަތު ބަންދުކުރިކަމަށާއިރައްޔިތުންގެ މަޖިލީހުގެ ޢިމާރާތުގެ ދޮރުތަށް ތަޅުލިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އޭރު ރާއްޖެ އޮތީ ބައިނަލް އަޤްވާމީ ދުނިޔެއާ ގުޅުންކެނޑި، އެކަހެރިވެ ވަކިވެފައިކަމަށެވެ. ރަށްރަށުގެ އިދާރީ ހިންގުމަށް ރައްޔިތުން އިޚްތިޔާރު ކުރެއްވި، އެތަކެއް ކައުންސިލް މަންދޫބުން ތިއްބެވީ، ގަނޑުކޮށް ސަސްޕެންޑް ކުރެވިފައިކަމަށެވެ.
"މިއީ ރައްޔިތުންގެ ދަލާ ލޭ އޮހޮރުވައިގެން ލިބިގަތް، އާޤާނޫނު އަސާސީ، އޭގެ އާރޯތާނާ ކަމުގާ ވަނިކޮށް، މިރާއްޖެ ވައްޓާލެވިދާނެ ޙާލަތެއް ކަމަށް ހިތަށް ގެންނަން ވެސް ދަތިވި. ހިތަށް ނާރާ، ހިތްދަތި މިދެންނެވި ހިތި ތަޖުރިބާ، އެދުވަހު ކުރަން ޖެހުނު" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީގެ 4 އަހަރު ކުރިން ރައްޔިތުން ބޭނުންވި އެންމެ ބޮޑު ކަމަކީ، އިންސާފުގެ މަގަށް ވެރިކަން ހިންގުން ރުޖޫޢަވުންކަމަށެވެ. އަދި އެދުވަހު ރައްޔިތުން ބޭނުންވީ، ދެފުށްފެންނަ ޖަވާބުދާރީ ކުރުވެނިވި، ޤާނޫނު އަސާސީގެ ތަރަޙައިގެ މައްޗަށްދައުލަތް ބިނާވުމަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ފާއިތުވި 4 އަހަރުވެސް އެމަނިކުފާނު މަސައްކަތް ކުރީ ރާއްޖޭގެ ރައްޔިތުން މަތިކުރެއްވި ވެރިކަމުގެ މަސްއޫލިއްޔަތު އެގޮތުގައި އަދާ ކުރުމަށްކަމަށެވެ. އެއީ ތަފާތު ނުކޮށް ހަމަހަމަ ކަމާއެކު، އެންމެންނާއެކު ކުރިއަށް ދިއުމާއި، ސިޔާސީ ޒުވާބާ، ހަސަދައާ ޖަދަލާ، ނަފްރަތުން މުޖުމަތަމަޢު ސަލާމަތް ކުރުންކަމަށެވެ.
ރައީސް ވިދާޅުވީ ދައުލަތް ހިންގުމުގެ އަސާސްތައް ޤާނޫނު އަސާސީގެ ތަރަހައިގެ ތެރެއަށް ގެނެވިއްޖެކަމަށާއި ޑިމޮކްރެޓިކް ވެއްޓެއްގާ އެބާރެއްގެ ދައުރު އަދާކުރާނެ ޖާގަ، މި 4 އަހަރުން މިވަނީ ހޯދާފައިކަމަށެވެ. އަދި މިނިވަން ޖުޑިޝަރީއެއްގެ ޒަރީޢާއިން، ޢަދުލު އިންސާފާމެދު ގެއްލިފައިއޮތް އިތުބާރު އިޢާދަ ކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ބަދަލު ކޮށްފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން މިނިވަން ސުޕްރީމް ކޯޓެއްގެ ދައުރު، ފުރިހަމައަށް އަދާކުރެވޭނެ ފުރުޞަތު މި 4 އަހަރުން ފަހިކޮށްދިންކަން ރައީސް ފާހަގަކުރެއްވިއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން. މިޖަލްސާ ޝަރަފްވެރިކޮށްދެއްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު. pic.twitter.com/gCZP4FIWLW
— Home Ministry, MV (@HomeMinistrymv) November 11, 2022
ރައީސް ވިދާޅުވީ މީގެ 4 އަހަރު ކުރިން، ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ، ކުޑަގޮޅީގަ ނުވަތަ އެގޮޅީގެ އަނގަމަތީގައިކަމަށެވެ. އަދި ގޯހުން ހިނގާ ކަންކަން ރަނގަޅު ކުރުމުގެ ފުރުޞަތު ބަންދުކުރިކަމަށާއިރައްޔިތުންގެ މަޖިލީހުގެ ޢިމާރާތުގެ ދޮރުތަށް ތަޅުލިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އޭރު ރާއްޖެ އޮތީ ބައިނަލް އަޤްވާމީ ދުނިޔެއާ ގުޅުންކެނޑި، އެކަހެރިވެ ވަކިވެފައިކަމަށެވެ. ރަށްރަށުގެ އިދާރީ ހިންގުމަށް ރައްޔިތުން އިޚްތިޔާރު ކުރެއްވި، އެތަކެއް ކައުންސިލް މަންދޫބުން ތިއްބެވީ، ގަނޑުކޮށް ސަސްޕެންޑް ކުރެވިފައިކަމަށެވެ.
"މިއީ ރައްޔިތުންގެ ދަލާ ލޭ އޮހޮރުވައިގެން ލިބިގަތް، އާޤާނޫނު އަސާސީ، އޭގެ އާރޯތާނާ ކަމުގާ ވަނިކޮށް، މިރާއްޖެ ވައްޓާލެވިދާނެ ޙާލަތެއް ކަމަށް ހިތަށް ގެންނަން ވެސް ދަތިވި. ހިތަށް ނާރާ، ހިތްދަތި މިދެންނެވި ހިތި ތަޖުރިބާ، އެދުވަހު ކުރަން ޖެހުނު" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީގެ 4 އަހަރު ކުރިން ރައްޔިތުން ބޭނުންވި އެންމެ ބޮޑު ކަމަކީ، އިންސާފުގެ މަގަށް ވެރިކަން ހިންގުން ރުޖޫޢަވުންކަމަށެވެ. އަދި އެދުވަހު ރައްޔިތުން ބޭނުންވީ، ދެފުށްފެންނަ ޖަވާބުދާރީ ކުރުވެނިވި، ޤާނޫނު އަސާސީގެ ތަރަޙައިގެ މައްޗަށްދައުލަތް ބިނާވުމަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ފާއިތުވި 4 އަހަރުވެސް އެމަނިކުފާނު މަސައްކަތް ކުރީ ރާއްޖޭގެ ރައްޔިތުން މަތިކުރެއްވި ވެރިކަމުގެ މަސްއޫލިއްޔަތު އެގޮތުގައި އަދާ ކުރުމަށްކަމަށެވެ. އެއީ ތަފާތު ނުކޮށް ހަމަހަމަ ކަމާއެކު، އެންމެންނާއެކު ކުރިއަށް ދިއުމާއި، ސިޔާސީ ޒުވާބާ، ހަސަދައާ ޖަދަލާ، ނަފްރަތުން މުޖުމަތަމަޢު ސަލާމަތް ކުރުންކަމަށެވެ.
ރައީސް ވިދާޅުވީ ދައުލަތް ހިންގުމުގެ އަސާސްތައް ޤާނޫނު އަސާސީގެ ތަރަހައިގެ ތެރެއަށް ގެނެވިއްޖެކަމަށާއި ޑިމޮކްރެޓިކް ވެއްޓެއްގާ އެބާރެއްގެ ދައުރު އަދާކުރާނެ ޖާގަ، މި 4 އަހަރުން މިވަނީ ހޯދާފައިކަމަށެވެ. އަދި މިނިވަން ޖުޑިޝަރީއެއްގެ ޒަރީޢާއިން، ޢަދުލު އިންސާފާމެދު ގެއްލިފައިއޮތް އިތުބާރު އިޢާދަ ކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ބަދަލު ކޮށްފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން މިނިވަން ސުޕްރީމް ކޯޓެއްގެ ދައުރު، ފުރިހަމައަށް އަދާކުރެވޭނެ ފުރުޞަތު މި 4 އަހަރުން ފަހިކޮށްދިންކަން ރައީސް ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު