މާލޭގެ މެދުޒިޔާރަތުގައި އަލުން ދިދަ ނެގުމަކީ ދީނީ ކަމެއް ނޫން ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިރޭ ވިދާޅުވެއްޖެއެެވެ.
ޔުމްނާ މިހެން ވިދާޅުވީ ތިރީސް އަހަރު ފަހުން މާލޭގެ މެދުޒިޔާރަތުގައި ކުރިން ހުރި ގޮތަށް އަލުން ދިދަ ނަގަން ފެށުމާއި ގުޅިގެން އެއީ ބިދުއައެއް ކަމަށް ބުނެ ބައެއް ދީނީ އިލްމްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ. ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ މެދު ޒިޔާރަތުގެ ދިދަ ނެގުން އެއީ ދީނީ ކަމެއްގެ ގޮތުގައި ކުރާކަމެއް ނޫންކަމަށާއި އެއީ ސަގާފީ ކަމެއް ކަމަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވީ މެދު ޒިޔާރަތް ފަދަ އާސާރީ ބިނާތަކުގެ އާބާތުރަފިލުވައި ޖުމްހޫރީ ދުވަސް ފަދަ ޤައުމީ މުނާސަބަތުތަކުގައި އެ ތަންތާ ދިދަ ނެގުމަކީ ދިވެހީންގެ ސަގާފަތް ދިރުވާ ޤައުމީ ޖޯޝު އުފެދިގެންދާނެ ކަމެއް ކަމަށެވެ. އަދި އެއީ އެފަދަ އާސާރުތައް ބަލައިލުމަށް ދިވެހިންނާއި ފަތުރުވެރިން ޝައުގުވެރިވާނެ ކަމެއް ކަމަށް މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.
ހެރިޓޭޖް މިނިސްޓްރީން ބުނީ މެދު ޒިޔާރަތުގައި އަލުން ދިދަ ނަގަން ނިންމީ މާލޭގައި ހުރި އާސާރީ ތަންތަން އިހު ހުރި ގޮތަށް އަނބުރާ އިއާދަކޮށް ދިވެހި ސަގާފަތާއި ތާރީހު ދެމެހެއްޓުމަށް އެ މިނިސްޓްރީން ކުރާ މަސައްކަތުގެ ދަށުން ކަމަށެވެ.
އެމައްސަލައިގައި މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ އެފަދަ ކަންކަމަކީ ޔުމްނާގެ ބައްޕާފުޅުގެ ވެރިކަމުގައި ފޮހެ، ނައްތާލާފައިވާ ކަންކަންކަމަށެވެ. އަދި އެކަން ފެށުމަކީ ވަރަށް ބޮޑު ނުބަޔެއްގެ ފެށުންކަމަށްވެސް އިޔާޒު ވިދާޅުވިއެވެ.
މެދު ޒިޔާރަތަކީ މީލާދީން 1153 ވަނަ އަހަރު ރާއްޖެ އިސްލާމް ކުރެއްވިކަމަށް ބުނާ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައިވާ ތަނެވެ. އެތަނުގައި 1692 ވަނަ އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވި ބޭފުޅެއް ކަމަށްވާ ސައްޔިދުވެސް ފަސްދާނުލާފައިވެއެވެ.
މެދު ޒިޔާރަތަކީ ކުރިން ބައެއް މީހުން ނަދުރު ބުނެ އުޅުނު ތަނެކެވެ. ނަމަވެސް، އެ ތަނަށް ނަދުރު ބުނުން ސަރުކާރުން 1957 ގައި ވަނީ މަނާކޮށްފައެވެ.

މެދު ޒިޔާރަތް ފަދަ އާސާރީ ބިނާތަކުގެ އާބާތުރަފިލުވައި ޖުމްހޫރީ ދުވަސް ފަދަ ޤައުމީ މުނާސަބަތުތަކުގައި އެ ތަންތާ ދިދަ ނެގުމަކީ ދިވެހީންގެ ސަގާފަތް ދިރުވާ ޤައުމީ ޖޯޝު އުފެދިގެންދާނެ ކަމެއް.
— Yumna Maumoon 🇲🇻 🤝🇵🇸 (@yumna_maumoon) November 11, 2022
އެއީ އެ ފަދަ އާސާރުތައް ބަލައިލުމަށް ދިވެހީންގެ އަދި ފަތުރުވެރީން ޝައުޤުވެރިވާނެ ކަމެއް. pic.twitter.com/A2Nd4vD2zv
ހެރިޓޭޖް މިނިސްޓްރީން ބުނީ މެދު ޒިޔާރަތުގައި އަލުން ދިދަ ނަގަން ނިންމީ މާލޭގައި ހުރި އާސާރީ ތަންތަން އިހު ހުރި ގޮތަށް އަނބުރާ އިއާދަކޮށް ދިވެހި ސަގާފަތާއި ތާރީހު ދެމެހެއްޓުމަށް އެ މިނިސްޓްރީން ކުރާ މަސައްކަތުގެ ދަށުން ކަމަށެވެ.
އެމައްސަލައިގައި މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ އެފަދަ ކަންކަމަކީ ޔުމްނާގެ ބައްޕާފުޅުގެ ވެރިކަމުގައި ފޮހެ، ނައްތާލާފައިވާ ކަންކަންކަމަށެވެ. އަދި އެކަން ފެށުމަކީ ވަރަށް ބޮޑު ނުބަޔެއްގެ ފެށުންކަމަށްވެސް އިޔާޒު ވިދާޅުވިއެވެ.
މެދު ޒިޔާރަތަކީ މީލާދީން 1153 ވަނަ އަހަރު ރާއްޖެ އިސްލާމް ކުރެއްވިކަމަށް ބުނާ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައިވާ ތަނެވެ. އެތަނުގައި 1692 ވަނަ އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވި ބޭފުޅެއް ކަމަށްވާ ސައްޔިދުވެސް ފަސްދާނުލާފައިވެއެވެ.
މެދު ޒިޔާރަތަކީ ކުރިން ބައެއް މީހުން ނަދުރު ބުނެ އުޅުނު ތަނެކެވެ. ނަމަވެސް، އެ ތަނަށް ނަދުރު ބުނުން ސަރުކާރުން 1957 ގައި ވަނީ މަނާކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު