އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ސަލާމަތީ ބާރުތަކުގެ އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނެއް މާލެއާއި އައްޑޫ އަދި އައްޑޫގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންދާ ކަމަށެވެ. މި އޮޕަރޭޝަންގެ އިތުރު ތަފްސީލް ހާމަ ކުރެވެން އޮތް މިންވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ކައުންޓަރ ޓެރަރިޒަމްގެ އޮޕަރޭޝަނެއް ފަށާފައިވާއިރު ބޮމުގެ އިންޒާރަކާ ގުޅިގެން ފުލުހުންނާއި ސިފައިން ހިތަދޫ ގެއެއް ބަލައި ފާސްކުރަމުންދާ ކަމަަށް ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައި ވެއެވެ. ހިތަދޫ މެދުވަލު ސަރަހައްދުގައި ހުންނަ އެ ގެއަށް ފުރަތަމަ އައިސްފައިވަނީ އެމްއެންޑީއެފްގެ ބޮން ސްކޮޑުން ކަމަށާއި ގިނަ އަދަދެއްގެ އެސްއޯ ފުލުހުންނާއި ސިފައިން މިހާރު އެ ގޭގައި ހަރަކާތްތެރިވަމުންދާ ކަމަށް ބައެއް މީޑިޔާތަކުގައި ވަނީ ބުނެފައެވެ.

ހަރުކަށި ފިކުރުގެ މައްސަލައިގައި އައްޑޫން މިދިޔަ އަހަރު ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް ބައެެއް ގެތައް ވަނީ ބަލާ ފާސްކޮށްފައެެވެ.



ކިޔުންތެރިންގެ ހިޔާލު