ބުދަދުވަހުގެރޭ މ.ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި އެކަކު ފިޔަވައި އެންމެން ދެނެގަނެވިއްޖެއެވެ.

ފުލުހުން ބުނީ ނިރުފެހީގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި 10 މީހުންގެ ތެރެއިން 9 މީހަކު ދެނެގަނެވިފައިވާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ އިންޑިޔާ 4 ފިރިހެނަކާއި އިންޑިއާގެ 3 އަންހެނަކާއި ބަންގުލަދޭޝްގެ އަންހެނަކާއި އެގައުމުގެ ފިރިހެނެއްކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ މަރުވި 10 މީހުންގެ ތެރޭގައި ކާކުކަން ދެނެގަނެވިފައިނުވާ އެކަކު ހިމެނޭކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންކަމަށް އެ މުއައްސަސާއިން ބުނެއެވެ.

މިހާތަނަށް އައިއިރުވެސް މިހާދިސާ ހިންގަން މެދުވެރި ސަބަބެއް ހޯދިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު