30 އަހަރަށްފަހު މެދުޒިޔާރަތުގައި ދިދަ ނަގަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މެދުޒިޔާރަތުގައި ހުރި ދިދަދަނޑިތަކުގައި އެންމެ ކުރީ ޒަމާނުގައިވެސް ހުންނަ ގޮތަށް ހުދު ދިދަ ނަގަން ފެށީ އިއްޔެއެވެ.
މެދު ޒިޔާރަތަކީ މީލާދީން 1153 ވަނަ އަހަރު ރާއްޖެ އިސްލާމް ކުރެއްވިކަމަށް ބުނާ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައިވާ ތަނެވެ. މިތަނުގައި 1692 ވަނަ އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވި ބޭފުޅެއް ކަމަށްވާ ސައްޔިދުވެސް ފަސްދާނުލާފައިވެއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އާޓްސް އެންޑް ކަލްޗާ މިނިސްޓްރީން ބުނީ މެދު ޒިޔާރަތުގައި އަލުން ދިދަ ނަގަން ނިންމީ މާލޭގައި ހުރި އާސާރީ ތަންތަން އިހު ހުރި ގޮތަށް އަނބުރާ އިއާދަކޮށް ދިވެހި ސަގާފަތާއި ތާރީހު ދެމެހެއްޓުމަށް އެ މިނިސްޓްރީން ކުރާ މަސައްކަތުގެ ދަށުން ކަމަށެވެ. އަދި ރަށްރަށުގެ ހުރި މިފަދަ ތަންތަނުގައިވެސް ދިދަ ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މެދުޒިޔާރަތުގައި ދިދަ ނަގަން ފެށުމުން ބައެއް އިލްމުވެރިން ވަނީ ފާޑު ކިޔާފައެވެ.
މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިސް ބޭފުޅެއްކަމަށްވާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ މިއީ ބިދުއައެއް އަނބުރާ ގެނެސް އެކަން ތައާރަފްކުރުންކަމަށެވެ. އަދި އެކަން ހުއްޓުވުމަށް އިސްލާމިކް މިނިސްޓްރީއަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
އިޔާޒުގެ އިތުރުން ބައެއް އެހެން ދީނީ އިލްމުވެރިންވެސް ވަނިީ އެކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ.

— RIMS 💛Maldives (@bountynazim) November 10, 2022
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އާޓްސް އެންޑް ކަލްޗާ މިނިސްޓްރީން ބުނީ މެދު ޒިޔާރަތުގައި އަލުން ދިދަ ނަގަން ނިންމީ މާލޭގައި ހުރި އާސާރީ ތަންތަން އިހު ހުރި ގޮތަށް އަނބުރާ އިއާދަކޮށް ދިވެހި ސަގާފަތާއި ތާރީހު ދެމެހެއްޓުމަށް އެ މިނިސްޓްރީން ކުރާ މަސައްކަތުގެ ދަށުން ކަމަށެވެ. އަދި ރަށްރަށުގެ ހުރި މިފަދަ ތަންތަނުގައިވެސް ދިދަ ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މެދުޒިޔާރަތުގައި ދިދަ ނަގަން ފެށުމުން ބައެއް އިލްމުވެރިން ވަނީ ފާޑު ކިޔާފައެވެ.
ﷲގެ ރަޙްމަތާއި އެކު ނެތިގޮސްފައިވާ ބިދުޢަ އެއް އަލުން ދިރުނަ ނުދެއްވާ. @MVIaffairs https://t.co/MG4tT1JP3X
— Dr.Mohamed Iyaz (@dr_iyaz) November 11, 2022
މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިސް ބޭފުޅެއްކަމަށްވާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ މިއީ ބިދުއައެއް އަނބުރާ ގެނެސް އެކަން ތައާރަފްކުރުންކަމަށެވެ. އަދި އެކަން ހުއްޓުވުމަށް އިސްލާމިކް މިނިސްޓްރީއަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
އިޔާޒުގެ އިތުރުން ބައެއް އެހެން ދީނީ އިލްމުވެރިންވެސް ވަނިީ އެކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ.
ކިޔުންތެރިންގެ ހިޔާލު