އަހުމަދު މަސްނޫމް   11 ނޮވެމްބަރު 2022 - 11:23
މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ފަޚުރުވެރި ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދިވެހި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.

މިއަދު ރާއްޖޭގައި ފާހަގަކުރާ 54 ވަނަ ޖުމްހޫރީ ދުވަހަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފެށުމެވެ. ދެވަނަ ޖުމްހޫރިއްޔާ އުފެދުނީ ނޮވެމްބަރު 11، 1968އެވެ.

މިއަދު ފާހަގަކުރަމުންދާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ، ހުރިހާ ލޮބުވެތި ރައްޔިތުންނަށް ފޮނުއްވާފައެވެ. އަދި މިފެށޭ ޖުމްހޫރީ އަހަރަކީވެސް، ހަމަޖެހުމާއި ސުލުޙަމަސަލަސްކަން އަދި އުފާފާގަތިކަން ރައްޔިތުންނަށް ލިބިދޭ އަހަރެއް ކަމުގައި ލެއްވެވުން އެދި ދުޢާކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

.

މިއަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެގޮތުން ބާއްވާ ރަސްމީ ޖަލްސާ މިރޭ ދަރުބާރުގޭގައި އޮންނާނެއެވެ. މި ޖަލްސާގައި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި، ކީރިތި ޤުރްއާން ހިތުދަސްކޮށްގެން، 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް ދެއްވުންވެސް އޮންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު