މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން ހަތް މީހުންނަކީ އިންޑިއާ މީހުންކަން ދިވެހި ސަރުކާރުން ކަށަވަރު ކޮށްދީފައިވާ ކަމަށް ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ބުނެފިއެވެ.

މާލޭގައި ރޭ ދަންވަރު 12:30 ހާއިރު އަލިފާން ރޯވެފައިވަނީ ގ. ނިރުފެހިގޭގައި ހުރި ގަރާޖެއްގައެވެ. އެ ހާދިސާގައި 10 މީހަކު ވަނީ މަރުވެފައެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން މިރޭ ބުނީ ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެގައުމުގެ ހަތް މީހުން މަރުވެފައިވާކަން ދިވެހި ސަރުކާރުން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.



މި ހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ ތެރެއިން އެކަކު ނިސްބަތްވާ ގައުމު ކަށަވަރު ކުރުމަށް އަދިވެސް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ދިވެހި ސަރުކާރުން ދީފައިވާ ކަމަށް އިންޑިޔާ އެމްބަސީން ބުނެއެވެ.



އަލިފާން ރޯވި އިމާރާތުގައި ދިރިއުޅުނު މީހުންނާއި، އެމީހުންނާއި ގާތް ގުޅުމެއް އޮންނަ މީހުން ބައެއް މީޑިޔާތަކަށް މައުލޫމާތު ދީފައިވާ ގޮތުން މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި އިންޑިއާގެ އަށް މީހަކާއި ބަންގްލަދޭޝްގެ ދެމީހަކު ހިމެނެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން