ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކުރަންޖެހުނު މައިގަނޑު މަސައްކަތަކީ ކުރީ ސަރުކާރުގެ ދަރަނި އަދާކުރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ސައްލެ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ މާލިއްޔަތުގެ ހިސާބުތަކަށް އަލިއަޅުވާލައްވަމުން ސައްލެ ވިދާޅުވީ، ސިންގަޕޫރުފަދަ ގައުމުތަކުގައި ދަރަނި ފޫބެއްދުމަށް ފައިސާނެގީ ރިޒާވުންކަމަށާއި، ނަމަވެސް ރާއްޖެއަށް ދިމާވީ އެހެން ގޮތެއް ކަމަށެވެ. އެއީ ރާއްޖޭގެ ހަޒާނާގައި ހުންނަންޖެހޭ އެތައް މިލިއަން ޑޮލަރެއް ހުރީ އަމިއްލަ މީހުންގެ ބޭންކް އެކައުންޓުތަކުގައި ކަމަށް ސައްލެ ވިދާޅުވިއެވެ.

"އެމްއެމްޕީއާރުސީގެ ސްޕެޝަލް އޮޑިޓް ރިޕޯޓުގައި ވަރަށް ސާފުކޮށް އެބުނަނީ، މާލިއްޔަތުގައި ހުންނަންޖެހޭ 65.01 މިލިއަން ޑޮލަރު ނުވަތަ 1.2 ބިލިއަން ރުފިޔާ ނެތޭ. އަޖައިބަކީ މި ދެންނެވި ހިޔާނާތް ހިންގި ސަރުކާރުން ރައްޔިތުންނާ ގުޅުންހުރި ކަންކަން ކުރަމުން ގެންދިޔައީ ލޯނު ނަގައިގެން ބޮންޑު ވިއްކައިގެން. މި ހަގީގަތް ބަދަލެއް ނުވާނެ." ސަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސަރުކާރު ބަދަލުވިއިރު 250 މިލިއަން ޑޮލަރުގެ ސަނީސައިޑް ބޮންޑު އޮތީ ގަނެފައި ކަމަށާއި އެ ދަރަނި އަދާކުރީ މި ސަރުކާރުން ކަމަށެވެ.

އަދި ހިޔާ ފުލެޓުގެ ލޯނާއި އިންޓަރެސްޓް ދައްކަން މިހާތަނަށް މި ސަރުކާރުން 2.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އިންޓަރެސްޓާއިއެކު 7.58 ބިލިއަން ރުފިޔާ އަދިވެސް ދައްކަން އެބައޮތް ކަމަށް ވެސް ސައްލެ ވިދާޅުވިއެވެ.

މީގެ އިތުރުން، ދަރުމަވަންތަ ހޮސްޕިޓަލްވެސް އެޅީ 140 މިލިއަން ޑޮލަރު ނަގައިގެން ކަމަށާއި އެ ދަރަނިވެސް އެޅުވީ މި ސަރުކާރުގެ ބޮލުގައި ކަމަށް ވެސް ސައްލެ ވިދާޅުވިއެވެ. އަދި މަސްވެރިންނަށް ކުރީ ސަރުކާރުން ދަރާފައި އޮތް 35.9 މިލިއަން ރުފިޔާވެސް ދައްކާ ހަލާސްކުރީ މި ސަރުކާރުންކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން އާސަންދައިން ބޭރުގެ ހޮސްޕިޓަލްތަކަށް ދަރާފައި އޮތް ފައިސާވެސް ދެއްކީ މި ސަރުކާރުން ކަމަށާއި އެހެންކަމުން، މި ސަރުކާރުން ކުރަންޖެހުނު މައިގަނޑު މަސައްކަތަކީ ކުރީ ސަރުކާރުގެ ދަރަނި ދެއްކުންކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ޜަން ރަން

12-Nov-2022

މިސަރުކާރަން ހަމައެކަނި ކުރެވުނު ކަމަކީ ފިރިހެން ކުޅި ހުއްކުރުން އާއްމުކުރުން ދީނަން ފުރައްސާރަ ކުރުން ރައްޔިތުން ގުބޯ ހެެްއްދުން ށަްލޭ މޮޔަނޮގޮވާ ސަރުކާރޭ ކިޔާކަން ލަދެން ނުގަނޭތަ



ޓްރެންޑިން