ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ދެއްވާނީ އޭރިޕޯޓެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 2023 ވަނަ އަހަރުގެ ބަޖެޓަށް ބަހުސް ކުރައްވަމުން ދެއްކެވި ވާހަކައިގައި އީސަ ވިދާޅުވީ، ދާދިދަހުން އިދިކޮޅު ލީޑަރު ރައީސް ޔާމީން ވަނީ ކެނދިކުޅުދޫއަށް ވަޑައިގެން، ރައީސް ޞާލިޙަކީ އެންމެގިނަ ވައުދުވި ރައީސް ކަމަށާއި އަދި އެންމެ ގިނަ ވައުދު ފުއްދެވި ރައީސްކަމަށް ވިދާޅުވެފައި ކަމަށެވެ.

އެހެންކަމުން އިދިކޮޅު ލީޑަރު މިހާރުވަނީ ރައީސާއި ސަރުކާރަށް އޭ ރިޕޯޓެއް ދީފައި ކަމަށް އީސަ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ، މި ސަރުކާރުން ދަނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން، މި އަހަރާއި މިއަންނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ހިމެނި ކުރެވެމުން ދާކަމަށާއި މިއަންނަ އަހަރު ރާއްޖޭގެ ސްކޫލްތައް އެއްދަންފަޅިއަށް ކިޔެވުން ބަދަލު ކުރެވޭނެ ކަމަށް ވެސް އީސަ ވިދާޅުވި އެވެ.

މީގެ އިތުރުން މި ސަރުކާރުން ތައާރަފުކުރި ހިލޭ ޑިގުރީ ޕްރޮގްރާމްގެ ދަށުން އެތައް ދަރިވަރުންނެއް ކިޔަވަމުންދާކަމަށާއި އެއީވެސް މި ސަރުކާރަށް އޭ ރިޕޯޓެއް ދޭންޖެހޭ ސަބަބެއްކަމަށް އީސަ ވިދާޅުވިއެވެ.

އޭގެ އިތުރުން ސިއްހީ ދާއިރާގެ އިންފްރާސްޓްރަކްޗަރ އަށް މިއިން ޒަމާނަކުވެސް ނުގެންނަ ތަރައްގީ މި ސަރުކާރުން ގެނެސްފައިވާ ކަމާއި އިޖުތިމާއީ ރައްކާތެރިކަމަށްޓަކައި ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަ ކުރައްވާ އެއީވެސް މި ސަރުކާރަށް އޭރިޕޯޓެއް ދޭންޖެހޭ ސަބަބެއްކަމަށް އީސަ ވިދާޅުވިއެވެ.

އަދި ކޮވިޑުގެ ހާލަތުގައި ކުދި ވިޔަފާރިތައް ސަލާމަތް ކުރުމަށް މި ސަރުކާރުން ކޮށްދިން ކަންތައްތަކާއި، އެއްވެސް ސަރުކާރަކަށް ނުހިންގުނު ދަތުރުފަތުރުގެ ނިޒާމު ފުޅާކޮށްފައިވާ މިންވަރުން ވެސް މި ސަރުކާރަށް އޭ ރިޕޯޓެއް ހައްގުވާކަމަށް އީސަ ވިދާޅުވިއެވެ.

އީސަ އިތުރަށް ވިދާޅުވީ، މިހުރިހާ ކަންކަމެއް އެގޮތަށް ކުރެވޭނީ ހަމަ ޔަގީނުންވެސް ޓެކްސް ބޮޑުކޮށްގެން ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކޮށްގެން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ޜަން ރަން

12-Nov-2022

ޢީސަ ކަހަލަ މޮޔައިންވެސް ވަނީ ރައީސް ޔާމީނަން އޭރީޕޯޓް ދީފަ ޢީސަމެން ރީއްޗެންނޫން ވައް ވައް ޖަހާކަން



ޓްރެންޑިން