މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގެ މައުލޫމާތު ދިވެހި ސަރުކާރުން އިންޑިއާއާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރުންނާ ހިއްސާކޮށްފިއެެވެ.

މާލޭގައި ރޭ ދަންވަރު 12:30 ހާއިރު އަލިފާން ރޯވެފައިވަނީ ނިރުފެހިގޭގައި ހުރި ގަރާޖެއްގައެވެ. އެ ހާދިސާގައި 10 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިޔާ އަދި ބަންގުލަދޭޝްގެ ރައްޔިތުންނެވެ.



ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިރޭ ވިދާޅުވީ އިންޑިއާގެ ފޮރިން މިނިސްޓަރ ޖައިޝަންކަރު އާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ އަބްދުލް މޫމިން އަށް އަލިފާނުގެ ހާދިސާގެ މައުލޫމާތުދީ، އެގައުމުތަކުގެ ސަރުކާރުތަކަށާއި، ނިޔާވި މީހުންގެ އާއިލާތަކަށް ތައުޒިއާ ފޮނުއްވާފައިވާ ކަމަށެވެ.



އަލިފާނުގެ ހާދިސާގެ ތަހްގީގު މިހާރު ފެށިގެން ކުރިއަށްދާކަމުގެ މައުލޫމާތު ވެސް އިންޑިއާ އާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރުންނަށް ދީފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރާއްޖޭގައި މި ފަހުގެ ތާރީހެއްގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާގައި ނިޔާވެފައި ވަނީ ބަންގްލަދޭޝްގެ މީހަކާއި އިންޑިއާގެ ނުވަ މީހެއް ކަމަަށް އެނގިފައިވެއެވެ. އޭގެތެރޭގައި ތިން އަންހެނަކު ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ގެންދަނީ މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން