މާލޭގައި އިތުރު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ އަލިފާން ރޯވެފައިވަނީ، ކަރަންކާގެ ކިޔާ ގެއެއް ކައިރީގައި ހުރި ގެއެއްގައެވެ. އަދި އެ ގެއަކީ ފަޅަށްހުރި، ދެބުރިއަށް ހަދަމުންދިޔަ ގެކެއެވެ. އެގޭގައި އަލިފާން ރޯވިތާ އިރުކޮޅެއްގެ ތެރޭގައި ފުލުހުންނާއި އާންމު ފަރާތްތަކުން ގުޅިގެން ވަނީ އެ ސަރަހައްދުގައިހުރި ސައިކަލުތައް ދުރަށް ޖެއްސުމުގެ މަސައްކަތް ކޮށްފައެވެ.

އަލިފާން ރޯވިތާ އިރުކޮޅެއްފަހުން ސިފައިން އެސަރަހައްދަށް ގޮސް މިހާރުވަނީ އެ އަލިފާންގަނޑު ނިންވާލާފައެވެ.

މި ހާދިސާގައި މީހަކަށް އަނިޔާވިކަމެއް އަދި ތަނަށް ލިބުނު ގެއްލުމުގެ ތަފުސީލެއް ވެސް އަދި ލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން