މާލޭގައި ރޭ ހިނގިއަލިފާނުގެ ހާދިސާާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކަމާބެހޭ ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ނިންމައިފިއެވެ.
އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މީހަކު މަރުވެފައިވާއިރު އެ ސަރަހައްދުގެ ހާލަތު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އިތުރަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާއި، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ އެ ސަރަހައްދަށް ޒިޔާރާތްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރޭގައި ބަޔަކު މަރުވި އަލިފާނުގެ ހާދިސާއަކީ ހިތާމަވެރި ހާދިސާއެއްކަމަށާއި އެކަމާއި ގުޅޭގޮތުން ކަމާއިބެހޭ ފަރާތްތަކާއެކު ކުރަންޖެހޭ މަޝްވަރާތައް ކުރައްވާނެކަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ މާލެ ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ތޮއްޖެހިގެން ދިރިއުޅެން ޖެހުމާއި މީހުން ދިރިއުޅޭ ސަރަހައްދުގައި ގަރާޖުތަކާއި ގުދަންތައް ހުރުން ކަމަަށެވެ. އަދި ސަރުކާރުގެ ޕްލޭނަކީ މިފަދަ ގަރާޖުތަކާއި ވޯކްޝޮޕްތައްވެސް މާލެ ސަރަހައްދުންވެސް ބޭރުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ތިލަފުއްޓާއި ގުޅީފަޅުގައި ހިންގަމުން އަންނަ ޕްރޮޖެކްޓުތަކުގެ ތެރޭގައި އެބައި ހިމެނޭ ކަމަށާއި، ހުރިހާ ގުދަންތަކަކާއި ގަރާޖުތައް އެ ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ގުޅީފަޅާ ތިލަފުށީގެ ޕްލޭންގައި ހުންނާނެ މިކަންކަމަށް ސަރަހައްދުތައް ކަނޑައެޅިފައި. އެހެންވީމަ އެއާ އެކީ މިކަން ކުރިއަށްދާނެ. ލަސްވެފަ ހުރި ކަމެއް ހަގީގަތުގައި ވެސް. މިއީ ހަމަ މިހާރުން މިހާރަށް ހައްލުގެނަން ޖެހިފައި ހުރި ކަމެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ނުހިނގާނެ ގޮތަށް ކުރަންޖެހޭ ހުރިހާ ކަމެއް ކަނޑައަޅައި، ވީ އެންމެ އަވަހަކަށް އެކަންކަން ކުރައްވާނެ ކަމަށެވެ.

ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ ވަރަށް ހިތާމަވެރި ހާދިސާއެއް. އެތައް ބައެއްގެ ފުރާނަ ގެއްލި ގިނަ ޢަދަދެއްގެ ބަޔަކަށް ވަނީ ގެއްލުންތަކެއް ލިބިފަ. މިހާދިސާ ހިނގައި ދިޔަގޮތް މިހާރު ދަނީ ބަލަމުން. ނިޔާވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާފޮނުވަން.
— Ibrahim Mohamed Solih (@ibusolih) November 10, 2022
އެގޮތުން ތިލަފުއްޓާއި ގުޅީފަޅުގައި ހިންގަމުން އަންނަ ޕްރޮޖެކްޓުތަކުގެ ތެރޭގައި އެބައި ހިމެނޭ ކަމަށާއި، ހުރިހާ ގުދަންތަކަކާއި ގަރާޖުތައް އެ ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ގުޅީފަޅާ ތިލަފުށީގެ ޕްލޭންގައި ހުންނާނެ މިކަންކަމަށް ސަރަހައްދުތައް ކަނޑައެޅިފައި. އެހެންވީމަ އެއާ އެކީ މިކަން ކުރިއަށްދާނެ. ލަސްވެފަ ހުރި ކަމެއް ހަގީގަތުގައި ވެސް. މިއީ ހަމަ މިހާރުން މިހާރަށް ހައްލުގެނަން ޖެހިފައި ހުރި ކަމެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ނުހިނގާނެ ގޮތަށް ކުރަންޖެހޭ ހުރިހާ ކަމެއް ކަނޑައަޅައި، ވީ އެންމެ އަވަހަކަށް އެކަންކަން ކުރައްވާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު