އިސްކަންދަރު މަގުގައި ހުންނަ ނ.ސެންރޯސްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މިހާތަނަށް 50 އަށްވުރެ ގިނަ މީޙުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ހާމަކޮށްފިއެވެ.

ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހިސާން ހުސައިން ވިދާޅުވީ ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެންޑީއެމްއޭގެ ޓީމުތައް ވަގުތުން ހަރަކާތްތެރިވެފައިވާކަމަށެވެ. އަދި މިހާތަނަށް 58 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެއީ 30 ދިވެހިންނާއި 28 ބިދޭސީންނެވެ. އޭގެ ތެރެއިން 30 ދިވެހިންނަކީ 4 އާއިލާއަކަށް ނިސްބަތްވާ މީހުންނެވެ.

ހިސާން ވިދާޅުވިގޮތުގައި މިހާރު އެންޑީއެމްއޭއިން ހަވާލުވެފައި ތިބި މީހުންގެ މައުލޫމާތު ސާފުކޮށް، އިންވެސްޓިގޭޝަންތައް ނިންމުމަށް ފަހު އެމީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން އެމީހުން ބަދަލުކުރަން ހަމަޖެހިފައިވަނީ ގެސްޓްހައުސްތަކަށްކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު