މާރަންދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު އެރަށަށް ގެންގޮސްފިއެވެ.

ހއ.މާރަންދޫގައި ފެނާއި ނަރުދަމާ ނިޒާމުގެ ހޮޅި ވަޅުލުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.

އެމްޑަބްލިޔުއެސްސީން ވިދާޅުވީ މާރަންދޫ ފެނައި ނަރުދަމާ ނިޒާމުގެ މަސައްކަތަށް ބޭނުންވާ އާރުއޯ ޕްލާންޓް އާއި ޓޭންކްގެ ސާމާނުތައް އެ ރަށަށް ގެންގޮސްފައިވާކަމަށެވެ.



މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 8.21 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ޤާއިމުކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިންގ ޢިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އަދި ފެން ރައްކާކުރުމަށްޓަކައި 3 ތާނގީ ބެހެއްޓުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދޭނެކަމަށްވެސް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

މާރަންދޫ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން 6.03 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކެއް ގާއިމްކުރުމާއި، 800 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިން ޢިމާރާތް ކުރުމާއި، ތިން ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފޯލެއް ގާއިމް ކުރާނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ވެސް ގުޅައިދޭނެއެވެ.

މިމަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނީ އެމްޑަބްލިޔުއެސްސީންނެވެ. މިއީ 72.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.



ކިޔުންތެރިންގެ ހިޔާލު