ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ކޯޒްވޭ ހެދުމުގެ މަޝްރޫޢު ބާރަށް ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ކޯޒްވޭ ހެދުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތަށް ބޭނުންވާ ސްޕަން ޕައިލްތަށް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަށެވެ. އަދި، ސައިޓުގައި މިހާރު ކުރިއަށްދަނީ ބްރިޖް މަސައްކަތަށް ބޭނުންވާ ޝަޓަރިންގ އާއި ބާ ބެންޑިންގގެ މަސައްކަތްތައްކަމަށް އެމްޓީސީސީން ބުނެއެވެ.



އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 9,780 އަކަ މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 120 މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 110 މީޓަރުގެ ބްރިޖެއް އެޅުމާއި، 332 މީޓަރުގެ އެޕްރޯޗް ރޯޑެއް ހެދުމާއި، ޕޭވިން މަސައްކަތް ކުރުމާއި، މަގުމަތީ ނިޝާނާއި މަގުބައްތި ހަރުކުރުން ހިމެނޭކަމަށެވެ.

މި މަޝްރޫއަކީ 44.2 މިލިއަން ރުފިޔާގެ މަޝްރޫއެއްކަމަށްވެސް އެމްޓީސީސީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު