ފަހުގެ ތާރިޚެއްގައި މާލޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާގައި ގެދޮރު ދޫކޮށްލަން ޖެހުނު މީހުން ވަގުތީ ހިޔާތަކަށްް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މާލޭގައި ރޭ ދަންވަރު 12:30 ހާއިރު، އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ކަންމަތީގައި ހުންނަ މ. ނިރުފެހި ގޭގައެވެ. އެގެއަކީ ވެހިކަލް މަރާމާތުކުރާ ގަރާޖަކާއި ބިދޭސީންގެ ލޭބާ ކުއާޓަރެއް ހުންނަ އިމާރާތެކެވެ. މި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި މިހާތަނަށް 11 މީހަކު ވަނީ ނިޔާވެފައެވެ.
ފުލުހުން ބުނީ ރޭގެ ހާދިސާ ހިނގި ތަނުން 14 މީހަކު ސަލާމަތްކުރެވުނު ކަމަށެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު ސެންޓަރު (އެންޑީއެމް) އިން މިއަދު ބުނީ ރޭގެ އަލިފާނުގެ ހާދިސާގައި އެ އިދާރާގެ ބެލުމުގެ ދަށަށް 18 ބިދޭސީއަކާއި 13 ދިވެއްސަކު ގެނެސްފައިވާކަމަށެވެ. މީގެތެރެއިން ގިނަ ދިވެހިން އެމީހުންގެ އާއިލީ މީހުން ކައިރިޔަށް މިހާރު ބަދަލުވެފައިވާ ކަމަށް އެންޑީއެމުން ބުނެއެވެ. އަދި ބާކީ ތިބި މީހުން ގެސްޓު ހައުސްތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް އެންޑީއެމުން މައުލޫމާތުދެއެވެ.
މާލޭގެ ފަހުގެ ތާރީޚެެއްގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނު ހާދިސާގައި ނިޔާވެފައިވަނީ ހުސް ބިދޭސީންނެެވެ. ރޭހިނގާދިޔަ މިހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އާއި ފުލުހުންނެވެ. މިހާދިސާ ހިނގި ގަރާޖް ތެރޭގައި އިތުރު ބަޔަކު ވޭތޯ އަދިވެސް ގެންދަނީ ބަލަމުުންނެެވެ. މިހާދިސާގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް އެމްއެންޑީއެފް، ފުލުހުން، އެންޑީއެމްއޭ، އަދި ދިވެހި ރެޑް ކްރެސެންޓުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު