ރޭ 12:27 ހާއިރު މާލޭގެ ގެެއެއްގެ ގަރާޖެއްގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 11 އަށް އަރައިފިއެވެ.
މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދުސާގައި މަރުވެފައި ވަނީ މުޅިން ވެސް ބިދޭސީންނެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ކަންމަތީގައި ހުންނަ މ. ނިރުފެހި ގޭގައެވެ. އެގެއަކީ ވެހިކަލް މަރާމާތުކުރާ ގަރާޖަކާއި ބިދޭސީންގެ ލޭބާ ކުއާޓަރެއް ހުންނަ އިމާރާތެކެވެ.
މިހާދިސާގައި ޖުމްލަ 10 މީހަކު ނިޔާވެފައިވާކަމަށް މިހާތަނަށް ބެލެވޭ ފުލުހުން ވަނީ ހާމަކޮށްފައެވެ.
އަލިފާން ނިއްވުމާއި މީހުން ސަލާމަތް ކުުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެމްއެންޑީއެފުން ބުނީ އެގޭގައި ދިރިއުޅުނު މީހުންގެ ފަރާތުން 9 މީހަކު މަދުކަމަށް އެނގިފައިވާކަމަށާއި 9 މީހުން ފެނުނު އިރު 8 މީހަކު ނިޔާވެފައިވާކަމަށާއި، އަދި އެކަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާކަމަށެވެ. މީގެއިތުރުންވެސް، މިހާދިސާގެ ސަބަބުން އިތުރުބަޔަކު ތާށިވެފައިވޭތޯ ބަލަމުންދާކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.
ރޭހިނގާދިޔަ މިހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އާއި ފުލުހުންނެވެ. އަދި މިހާދިސާގެ ސަބަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް އެމްއެންޑީއެފް، ފުލުހުން، އެންޑީއެމްއޭ، އަދި ދިވެހި ރެޑް ކްރެސެންޓުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މާލޭގެ މީހުން އުޅޭ ބައިބޯ ސަރަހައްދު ތަކުން ގަރާޖުތަކާއި ވޯކްޝޮޕްތައް ނަގައި މީހުން އުޅޭ ސަރަހައްދުތަކާއި ދުރަށް ގެންދިއުމުގެ ވާހަކަ އާއި މަޝްވަރާތަކަކީ ސަރުކާރުތަކުން އަބަދުވެސް ދައްކާ ވާހަކަތަކެކެވެ. ނަމަވެސް އަދި މިހާތަނަށް މިކަން ކުރެވިފައެއް ނުވެއެއެވެ.

ކިޔުންތެރިންގެ ހިޔާލު