އަހުމަދު މަސްނޫމް   10 ނޮވެމްބަރު 2022 - 1:20
މާލޭގެ ގެެއެއްގެ ގަރާޖެއްގައި އަލިފާން ރޯވެއްޖެ އެވެ.

ފުލުހުންގެ އިދާރާއިން ބުނީ އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ކަންމަތީގައި ހުންނަ އެގޭގެ ގަރާޖެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު މިރޭ 12:27 ހާއިރު ލިބިފައިވާ ކަމަށެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އާއި ފުލުހުންނެވެ.

މި ގަރާޖުގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައެވެ. މިހާދިސާގައި އެއްްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ. މިހާދިސާގައި އަލިފާން ރޯވެފައި ހުރި ތަނާއި އިންވެގެން ހުރި އިމާރާތްތަކުން މީހުން ވަނީ ހުސްކޮށްފައެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު