ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ވަކިކުރަންވީތާ ކިތަންމެ ދުވަހެއްވެއްޖެ ކަމަށް ދީނީ އިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުގެ މަގާމުން ވަކިކުރުމަށް އެދި ސުޕްރީމް ކޯޓަށް އަމިއްލަ މީހަކު މައްސަލައެއް ވެއްދުމާއި ގުޅިގެން އެމަނިކުފާނަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ވަނީ އެއީ ސަރުކާރުން ކުރުވާ ކަމެއްކަމަށް ތުހުމަތުކޮށްފައެވެ.
އެކަމާ ގުޅުވައި ޒައިދު މިއަދު ވިދާޅުވީ، މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް ނަޝީދު ދުރުކުރަންވީތާ ކިތަންމެ ދުވަހެއް ވެއްޖެ ކަމަށާއި އެ މަގާމުގެ ހައިބަތަށްޓަކައި ވެސް އެމަގާމުން ދުރުކުރަންޖެހޭ ކިތަންމެ ވާހަކަފުޅެއް އިސްވެދިޔަ ތާނގައި ރައީސް ނަޝީދު ދައްކަވާފައިވާ ކަމަށެވެ.
އަދި ކޮންމެ ބަޔަކު ކުރިޔަސް އަދި ސަރުކާރުން ކުރާ ކަމެއް ވިޔަސް އެ ކުރަނީ ރަނގަޅު ކަމެއްކަމަށާއި އެކަމަށް ތާއީދު ކުރައްވާކަމަށް ވެސް ޒައިދު ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަހުމަދު ތާލިބެވެ. ތާލިބު ހުށަހެޅި ދުސްތޫރީ މައްސަލައިގައި ފާހަގަކޮށްފައިވަނީ މަޖިލީހުގެ ރައީސް ނަޝީދު ކޮޕް27 ސަމިޓުގައި ސްރީލަންކާ ތަމްސީލު ކުރެއްވުމަކީ ގާނޫނު އަސާސީގައި ބަޔާންކުރާ މަޖިލީހުގެ މެންބަރެއްގެ ޒިންމާތަކާއި ޝަރުތުތަކާ ހިލާފު އަމަލެއް ކަމަށެވެ.
މި މައްސަލައިގެ ދައުވާ ބިނާ ކުރާ ގާނޫނީ ސަބަބުތަކުގެ ގޮތުގައި ހުށަހަޅައިފައިވަނީ ނަޝީދު ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ހިލާފުވުމެވެ. ނަޝީދުގެ އެ އަމަލަކީ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ މަޖިލީހުގެ މެންބަރެއްގެ ޝަރުތުތަކާ ހިލާފު އަމަލެއް ކަމަށް ދައުވާގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު