ގާނޫނު އަސާސީ އިސްލާހުކޮށްގެން ރާއްޖޭގެ އަތޮޅުތައް ވިއްކަން އުޅުނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ސަރުކާރުންކަމަށާއި އެމަސައްކަތް ހުއްޓުވީ މިސަރުކާރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިފަދައިން ވިދާޅުވީ، ޗާގޯސް މައްސަލައާއި ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތުއާއިއެކު ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ނޫސްވެރިއަކުވަނީ، މި ސަރުކާރުން ރާއްޖޭގެ ބައެއް ސަރަހައްދުތައް ވިއްކާލާފައިވާކަމަށް ރައީސް ޔާމީން ކުރަށްވާ ތުހުމަތަށް އިޝާރާތް ކުރައްވާ އެފަދަ ކަމެއް ހިނގާފައިވޭތޯ ސުވާލު ކޮށްފައެވެ. އެ ސުވާލުގެ ޖަވާބުގައި ޝާހިދު ވިދާޅުވީ، ރާއްޖޭގެ ވަކިވަކި އަތޮޅުތައް ބޭރުގެ ފަރާތްތަކަށް ވިއްކާލަން މަސައްކަތް ކުރެއްވީ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށެވެ.
އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްޕުޅުގެ ތެރޭގައި ހިމެނިގެން، ޔާމީންގެ ސަރުކާރުގައި ރަށްތައް ވިއްކުމަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު އުވާލައި އެކަން ހުއްޓުވީ މިސަރުކާރުން ރައީސް ޞާލިހު ކަމަށް ޝާހިދު ވިދާޅުވި އެވެ.
އޭގެ އިތުރުން ޝާހިދު ވިދާޅުވީ، ޗާގޯސްގެ މައްސަލަ ބައެއް ފަރާތްތަކުން ދަނީ ގަސްދުގައި އޮޅުވާލަމުން ކަމަށެވެ. އަދި އެއްވެސް އިރެއްގައި ރާއްޖޭގެ ދެކުނުގައި އެވާ ޗާގޯސް އަކީ ރާއްޖޭގެ ސިޔާދަތީ ބާރު އޮތްތަނެއްކަމަށް ރާއްޖޭގެ ގާނޫނު އަސާސީގައި ކަނޑައަޅާފައި ނުވާކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ އެއްވެސް މިންވަރެއް މި ސަރުކާރުން ދޫނުކުރާނެކަމަށް ޝާހިދު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު