ގިނަ އަހަރުތަކަކަށްފަހު އަލުން އެމްޑީޕީއާއި މިއަދު ގުޅިވަޑައިގެންނެވި އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަރުހަބާ ވިދާޅުވެއްޖެއެވެ.
ރީކޯ މޫސަ އެމްޑީޕީއަށް އަލުން ސޮއި ކުރެއްވީ ރިޔާސީގަނޑުވަރު މުލީއާގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ރީކޯ މޫސަ އެމްޑީޕީއަށް ސޮއި ކުރައްވަން ބޭއްވި ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި، އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރީކޯ މޫސަ އެމްޑީޕީ އަށް ސޮއިކުރެއްވި ފޯމާއި ހަވާލުވެވަޑައިގަތީ އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލެވެ.
މޫސަ ޕާޓީއާއި ގުޅިވަޑައިގެންނެވުމާއި ގުޅިގެން ރައީސް ޞާލިޙް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މޫސައަކީ އެމްޑީޕީއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމަށެވެ. އެގޮތުން ޕާޓީގެ ޗެއަރޕާސަންގެ މަގާމުވެސް އަދާކުރެއްވި މޫސަ އެމްޑީޕީއާއި ގުޅިވަޑައިގެންނެވުމަކީ ޕާޓީއަށާއި އެންމެންނަށްވެސް ލިބުނު އިތުރު ހިތްވަރެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މޫސައަކީ އަބަދުވެސް އިސްލާހަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވެ ރައީސް ޞާލިހު ވަނީ މޫސައަށް މަރުހަބާ ވިދާޅުވެފައެވެ.

@MDPSecretariat އަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ކުރީގެ ޗެއާޕާސަން @ReekoMoosa މިޕާޓީއާ އަލުން ގުޅިވަޑައިގަތުމަކީ، މިޕާޓީ އަށާއި އަޅުގަނޑުމެން އެންމެނަށް ލިބުނު އިތުރު ހިތްވަރެއް. މޫސަ އަކީ އަބަދުވެސް އިސްލާހަށް މަސައްކަތްކުރައްވާ ބޭފުޅެއް. އެމްޑީޕީއަށް މަރުޙަބާ. pic.twitter.com/Pxi29SddAA
— Ibrahim Mohamed Solih (@ibusolih) November 8, 2022
މޫސަ ޕާޓީއާއި ގުޅިވަޑައިގެންނެވުމާއި ގުޅިގެން ރައީސް ޞާލިޙް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މޫސައަކީ އެމްޑީޕީއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމަށެވެ. އެގޮތުން ޕާޓީގެ ޗެއަރޕާސަންގެ މަގާމުވެސް އަދާކުރެއްވި މޫސަ އެމްޑީޕީއާއި ގުޅިވަޑައިގެންނެވުމަކީ ޕާޓީއަށާއި އެންމެންނަށްވެސް ލިބުނު އިތުރު ހިތްވަރެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މޫސައަކީ އަބަދުވެސް އިސްލާހަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވެ ރައީސް ޞާލިހު ވަނީ މޫސައަށް މަރުހަބާ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު