ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރައްވާނެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން އެ ޕާޓީން ބާއްވާ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރެއްވެން ނެތް ކަމަށް އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވަމުން ގެންދަވާ ވާހަކަފުޅު އަނެއްކާ ވެސް ތަކުރާރު ކުރައްވައިފިއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ޞާލިޙަށް ތާއީދު ކުރައްވާނެކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވުމާއި ގުޅިގެން، އެމްޑީޕީ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ، ރައީސް ޞާލިޙާއިއެކު ރިޔާސީ އިންތިހާބަށް ކުރިމަތިލައިފިނަމަ ޕާޓީއަށް ނާކާމިޔާބު ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ޕާޓީއާއި ގައުމު މުހިންމު ވާނެކަމަށާއި ވަކި މީހަކު ފަހަތުން އުޅުން ރަނގަޅު ނޫންކަމަށްވެސް ނަޝީދު ވިދާޅުވެފައި ވެއެވެ. އެހެންކަމުން މިފަހަރު ރައީސް ޞާލިޙަށް ތާއީދު ކުރެއްވެން ނެތްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ އާސްކް ސްޕީކަރ ޕްރޮގްރާމްގައި މީގެ ކުރިންވެސް ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދިނުމަކީ އެމްޑީޕީއަށް ފައިދާހުރި ގޮތް ނޫންކަމަށް ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެމްޑީޕީގެ ކެންޑިޑޭޓަކު ކަނޑައަޅަނީ ރިޔާސީ ޕްރައިމަރީއަކުންނެވެ. އެ ޕްރައިމަރީ މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް އެ ޕާޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ޕާޓީތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ މެދުގައި ރިޔާސީ ކެންޑިޑޭޓާއިމެދު ހިޔާލުތަފާތުވުން އުފެދިފައިވާއިރު، ރައީސް ނަޝީދާއި ރައީސް ޞާލިޙް ވެސް ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު