ހދ. ހަނިމާދޫ ބަނދަރު ސަރަހައްދުން ގަވާއިދުތަކާއި ހިލާފަށް ބިން ދޫކުރި މައްސަލައެއްގައި އެ ރަށު ކައުންސިލްގެ ކުރީގެ މެންބަރުންތަކަކަށް ދައުވާކޮށްދިނުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިއްޖެއެވެ.
މި މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ހަނިމާދޫ ކައުންސިލްގެ މިހާރުގެ ރައީސް އަބްދުލް ސައްތާރު ހަސަން އާއި ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ރާޒީ އަދި މެންބަރު ހަސަން ޖައުފަރުގެ މައްޗަށެވެ.
އޭސީސީން މިއަދު ބުނީ، ހޮޓާ ހިންގުމާއި ވިޔަފާރި ކުރުމާއި ތެލުގެ މަސައްކަތް ކުރުން ފަދަ ބޭނުންތަކަށް ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ދޫކުރުމަށް ހދ.ހަނިމާދޫ ކައުންސިލްގެ އިދާރާއިން 2016 ވަނަ އަހަރު ކޮށްފައިވާ އިއުލާނާ ގުޅިގެން ބިން ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އަމިއްލަ ފަރާތަކަށް ކުއްޔަށް ދީފައިވާ ބިމުގެ އިތުރުން، އިއުލާން ކުރުމެއްނެތި އިތުރު 128 އަކަފޫޓުގެ ބިމެއް އެފަރާތަށް ކުއްޔަށް ދޫކުރި މައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާކުރަން ޕީޖީ އޮފީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.
އޭސީސީން ބުނީ، މި މައްސަލައިގައި، ހަނިމާދޫ ކައުންސިލްގެ އޭރުގެ ނާއިބުރައީސާއި އޭރުގެ މެންބަރަކާއި އާއިލީގޮތުން ގުޅުންހުރި އެރަށު އަމިއްލަ ފަރުދަކަށް 128 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުމަށް އެރަށު ކައުންސިލުން 2016 ވަނަ އަހަރު ފާސްކޮށްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
އަދި، ދިރިއުޅުމަށް ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާބެހޭ ގަވާއިދާއި ލޯކަލް ކައުންސިލްގެ އިހުތިސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލުކުރުމުގެ ގަވާއިދާއި ހިލާފަށް އިއުލާނު ކުރުމެއްނެތި އެ ބިން ކުއްޔަށް ދީފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
"15 އަހަރުގެ މުއްދަތަށް އެ ފަރާތަށް ބިން ލިބޭގޮތަށް ކުއްޔަށްދީފައިވަނީ ހުއްދަ ހޯދުމެއްނެތި ކަމަށްވާތީ، އެކަން އެގޮތަށް ކޮށްފައިވަނީ ވަކި މީހަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށްކަން އެނގޭތީ ޢަބްދުއްސައްތާރު ޙަސަން އާއި މުޙައްމަދު ރާޟީ އަދި ޙަސަން ޖަޢުފަރުގެ މައްޗަށް ގާނޫނު ނަންބަރު 9/2014 (ދިވެހި ރާއްޖޭގެ ގާނޫނުލް އުގޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކޮރަޕްޝަންގެ އަމަލު ހިންގާފައިވާކަމުގެ ދައުވާ ކޮށްދިނުމަށް ގާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ވަނީ އެދިފައި." އޭސީސީން ބުންޏެވެ.
އޭސީސީން އިތުރަށް ބުނީ، ބިން ކުއްޔަށްދޫކޮށްފައިވާ ފަރާތާއެކު ވެފައިވާ އެއްބަސްވުމުގައި ވާގޮތުގެމަތިން ކުލީގެ ގޮތުގައި ލިބެންޖެހޭ 30,240.00ރ (ތިރީސް ހާސް ދުއިސައްތަ ސާޅީސް) ރުފިޔާ އާއި ބިމު ކުލި ނުދައްކާ ލަސްވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 5927.04ރ (ފަސް ހާސް ނުވަ ސަތޭކަ ހަތާވިސް ރުފިޔާ ހަތަރު ލާރި) އާއެކު ޖުމްލަ 36,167.04ރ (ތިރީސް ހަ ހާސް އެއްސަތޭކަ ފަސްދޮޅަސް ހަތް ރުފިޔާ ހަތަރު ލާރި) ހޯދާފައިވާކަން އެނގެން ނެތަތީ، އެފައިސާއާއި އަދި މިހާތަނަށް ލިބެންޖެހި ނުލިބިވާ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ހޯދުމަށް ހދ.ހަނިމާދޫ ކައުންސިލްގެ އިދާރާއަށް ވެސް އަންގާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު