ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ބިންދައިގެން ދިޔުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިވެއްޖެއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، ދ. ހުޅުދެލީ ބޭރުން ދެ ނޯޓިކަލް މޭލު ބޭރުގައި ވަނިކޮށް، "އުންބުޝޭމު" ނަމަކަށް ކިޔާ މުދާ އުފުލާ އެދޯނި ބިންދައިގެން ގޮސް ހާލުގައި ޖެހުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި، މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަށް ލިބުނީ މިއަދު ހެނދުނު 06:33 ހާއިރުއެވެ.
އެ ދޯންޏަކީ، މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރަމުން ދިޔަ ދޯންޏެކެވެ. ހާދިސާގެ ރިޕޯޓް ލިބުމާއެކު އެ ދޯންޏަށް އެހީތެރިވުމުގެ ގޮތުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ސެއިލަރުން ވަނީ ސީ އެމްބިއުލާންސްގައި އެ ދޯނި އޮތް ސަރަހަށްދަށް ގޮސްފައެވެ. އަދި، އެމްއެންޑީއެފް ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސެއިލަރުންގެ އެހީތެރިކަމާއެކު ދޯނީގެ ހުންގާނު މެނުއަލްކޮށް ބޭނުންކޮށްގެން އެ ދޯނި މިއަދު 09:30 ހާއިރުވަނީ ދ.ވހުޅުދެއްޔަށް ގެންގޮސްދީފައެވެ.
އެމްއެންޑީއެފުން ބުނީ މިހާދިސާ ހިނގިއިރު އެ ދޯނިން ދަތުރުކުރީ ހަތަރު މީހުން ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު