އެމްޑަބްލިއުއެސްސީގެ އަމިއްލަ ބްރޭންޑް "އާރޯ" ފެން ތައާރަފު ކޮށްފިއެވެ.
މިރޭ ކުރިއަށްދިޔަ ހާއްސަ ހަފްލާއެއްގައި މި ފެން ތައާރަފު ކޮށްފައިވާއިރު، މިއީ ސަތޭކަ ޕަސެންޓް ދިވެހި އުފެއްދުމެކެވެ. އަދި މުޅި ފުޅި ޑިޒައިން ކޮށްފައިވަނީ ރާއްޖޭގެ ރީތި މަންޒަރުތައް އިސްތިހާރުވާ ގޮތަށެވެ. ފުޅި ތައްޔާރުކޮށްފައިވަނީ ބިއްލޫރިންނެވެ. އަދި މިއީ މުޅިން އޮޓޮމެޓިކް ޕްރޮސެސްއެއްގެ ދަށުން މެޝިނަކުން އުފައްދާ ފެނެއްކަމުން ރައްކާތެރިކަން ވަރަށްބޮޑަށް ކަށަވަރު ކުރެވިފައިވާނޭ ފެނެއްކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތު ދެއެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ޝާހް ވިދާޅުވީ، ރާއްޖޭގެ ރީތިކަމާއި ސަގާފަތުގެ ވާހަކަތައް މިކަމުގެ ޖާދޫގައި ޖެހިފައިތިބި އެކި ފަރާތްތަކުން ސިފަ ކޮށްދެމުންދަނީ އެކި ގޮތަށް ކަމަށެވެ. އަދި އެ ވާހަކަތައް އެމްޑަބްލިއުއެސްސީން ގެނެސްދޭނީ ވަރަށް ތަފާތު ގޮތަކަށް ކަމަށާއި އެއީ ބިއްލޫރި ފެންފުޅިއެއްގެ ޒަރިއްޔާއިން ކަމަށެވެ.
ޝާހް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްވެސް މިފަދަ ތިމާވެއްޓާ ރައްޓެހި އުފެއްދުމެއް މުހިންމުވާ ކަމަށެވެ. އަދި އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުންވެސް މިފަދަ މުހިންމު އުފެއްދުމަކަށް ފުރުސަތު ދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އާރޯގެ ކުރިމަގު ވަރަށްވެސް އުޖާލާ. މިރޭ ތައާރަފުވެގެންދާ އާރޯގެ ފެނާއިއެކު މި ބްރޭންޑްގެ އިތުރު އުފެއްދުންތައް ވެސް ވަރަށް އަވަސް މުސްތަގުބަލެއްގައި ފެނިގެންދާނެ. އިރާދަކުރެއްވިއްޔާ މި ބްރޭންޑް ބޭރުގެ ބްރޭންޑްތަކާއި އެއްހަމައެއްގައި ފައިތިލަ ސާބިތު ކުރާނެ." ޝާހް ވިދާޅުވިއެވެ.
މި އުފެއްދުމަށް އާރޯގެ ނަމުން ނަން ދީފައި އެވަނީ، އާރޯކަމަށް ނިސްބަތް ކޮށްކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު