ޕްރައިވެޓައިޒޭޝަން ބޯޑުގެ ނާއިބު ރައީސްކަމަށް ފިރާޝް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ނައިބު ރައީސް ކަމަށް ހއ. އިހަވަންދޫ، އާޒާދީބަހާރު، މުހައްމަދު ފިރާޝް އައްޔަންކުރަން ފާސްވީ 57 މެންބަރުންގެ ވޯޓުންނެވެ.
މުހައްމަދު ފިރާޝްއަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްޖޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި މައްސަލަ ސްޓޭޓް އޯންޑް އެންޓްޕްރައިސް (އެސްއޯއީ) ކޮމިޓީއަށް ފޮނވީ އޮކްޓޫބަރު 12 ވަނަ ދުވަހުއެވެ.
ޕްރައިވެޓައިޒޭޝަން ބޯޑު އެކުލެވިގެންވަނީ ބޯޑުގެ ރައީސް އާއި ނައިބު ރައީސާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ 7 މެންބަރުންގެ މައްޗަށެވެ.
ބޯޑުގެ މެންބަރެއްގެ މެންބަރުކަމުގެ ދައުރަކީ ހަތަރު އަހަރު ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު