ފުލުހުންގެ ބެލުމުގެ ދަށުގައި ތަހުޤީޤަށް މީހުން ބަންދުކުރާ ދޫނިދޫ ޖަލަށް ފޯނުތަކެއް ވައްދަން އުޅުނު ފުލުހަކު 5 މަސްދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.
2020 ވަނަ އަހަރުގެ ޖުލައި މަހު ޖަލަށް ފޯނުތަކަކާއި ސިމްކާޑުތަކެއް ވައްދަން އުޅުނު މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްޔެ އެ ހުކުމްކޮށްފައިވަނީ ދ.ދަނބިދޫ، ނާއިޝް، އަނަސް އަލީގެ މައްޗަށެވެ. އަދި މި މައްސަލަ ފެންމަތިވުމާއެކު އޭނާ ވަނީ ފުލުހުންގެ ވަޒީފާއިންވެސް ވަކިކޮށްފައެވެ.
މިމައްސަލަ ފުލުހުން ތަހުޤީޤްކުރިއިރު އޭނާ ލައިގެން ހުރި ޔުނިފޯމުގެ ވާތް ފަރާތުގެ ޖީބުން ނޮކިއާބައްތި ފޯނަށް ލައްވާ ބެޓަރިއަކާއި، އޭނާގެ އަލަމާރި ހުޅުވައި ބަލައިފާސްކުރިއިރު ނޮކިއާ ފޯނަކާއި ދެ ސިމާއި ޖަލަށް ވައްދަން ޖެހޭ އެއްޗެހިތަކެއް ލިޔެފައި ހުރި 18 ނޯޓު ކަރުދާސްކޮޅުވެސް ފެނިފައިވެއެވެ.
މި މައްސަލައިގައި އަނަސް ބުނެފައިވަނީ، ދައުވާގައި ބުނާ އެއްޗެހި ހުރީ އޭނާ ދިރިއުޅޭ ތަނުގައި ކަމަށާއި އެތަކެތި ނަގާފައިވަނީ ދޫނިދޫ ޖަލަށް ވައްދަން އުޅެނިކޮށް ނޫން ކަމަށާއި އެހެންކަމުން އެ ދައުވާ އޭނާގެ މައްޗަށް ނުއުފުލޭނެ ކަމަށެވެ.
ދައުވާއަށް އިންކާރުކުރި ނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލައި އެ މައްސަލަ ބެއްލެވި، ގާޒީ އިސްމާއިލް ޝަފީއު ނިންމެވީ، އަނަސްގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އަދި ބަންދުގައި ހޭދަކުރި 11 ދުވަސް ކެނޑުމަށް ފަހު، އޭނާގެ މައްޗަަށް 5 މަހާއި 19 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ވަނީ އިއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު