1443 ވަނަ އަހަރު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކުރި ހައްޖު ދަތުރަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެެއް ކޮށްފައި ނުވާނޭކަމަށް ހައްޖު ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
ހައްޖު ކޯޕަރޭޝަނުން މިކަން ހާމަކުރީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު މިކަމާއި ގުޅޭގޮތުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރުއާ ކުރެއްވި ސުވާލަކަށް ލިޔުމުން ފޮނުއްވި ޖަވާބެއްގައެވެ.
އިސްލާމިކް މިނިސްޓަރ ވިދާޅުވީ މިއަހަރު ހައްޖު ދަތުރުގައި މައްކާ ހޮޓަލުގައި ހޭދަކޮށްފައިވާ 23 ދުވަހަށް ހައްޖު ކޯޕަރޭޝަނުގެ ފަރާތުުން މައްކާ ހޮޓަލަށް ކޮށްފައިވާ ހަރަދުގެ ޖުމްލައަކީ 39.6 މިލިއަން ރުފިޔާކަމަށެވެ. އަދި މަދީނާގައި ހޭދަކޮށްފައިވާ 2 ދުވަހަށް 1.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިއަހަރު މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކުރި ހައްޖު ދަތުރަށް ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ހަރަދުކޮށްފައިނުވާނޭކަމަށެވެ.
އިސްލާމިކް މިނިސްޓްރީން މަޖިލީހަށް ފޮނުވި މައުލޫމާތުތައް ދައްކާގޮތުން ހައްޖަށް މީހުން ގެންދިއުމަށް އެއަރލައިން ޓިކެޓަށް 9.8 މިލިއަން ރުފިޔާ، ކާބޯތަކެތީގެ ހަރަދަށް 8 ލައްކަ ރުފިޔާ، މައްކާ ހޮޓަލަށް 39.6 މިލިއަން ރުފިޔާ، މަދީނާ ހޮޓަލަށް 1.8 މިލިއަން ރުފިޔާ، މުތައްވިފަށް 10.6 މިލިއަން ރުފިޔާ އަދި އެހެނިހެން ހަރަދުގެ ގޮތުގައި 6.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މީގެއިތުރުން އިދާރީ ކަންކަމަށް 98 ހާސް ރުފިޔާ ހަރަދުވެފައިވާއިރު ހައްޖަށް މީހުން ގެންދިއުމުގެ ޖުމްލަ ހަރަދު 69.3 މިލިއަން ރުފިޔާއަށް އަރައެވެ. މިއީ މިއަހަރު ހައްޖު ކޯޕަރޭޝަނުން ހައްޖަށް ގެންދިޔަ 417 މީހުންނަށް ބަލާއިރު ބޮލަކަށް 166198 ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު