ކަނޑިތީމު ދާއިރާގެ ފަސް ރަށުގެ އަސާސީ ބޭނުންތައް ކަމަށްވާ ފެނާ ނަރުދަމާ ރައްޔިތުންނަށް ކަށަވަރު ކޮށްދިނީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަބުދު ﷲ ޝަހީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ނިސްބަތްވާ ކަނޑިތީމު ދާއިރާގެ މެމްބަރު އަބުދު ﷲ ޝަހީމް މިއަދު ވިދާޅުވީ ދާއިރާގެ ފަސް ރަށުގެ އަސާސީ ބޭނުންތައް ކަމަށްވާ ފެނާ ނަރުދަމާ ރައްޔިތުންނަށް ކަށަވަރު ކޮށްދިނީ ރައީސް ސާލިޙު ކަމަށެވެ. ޝަހީމް ވަނީ އެކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރަށްވާފައެވެ.



މީގެ އިތުރުން ޝަހީމް ވިދާޅުވީ ރާއްޖޭގައި އެތަކެއް ވެރިން ވެރިކަން ކުރައްވާފައިވާ ކަމަށާއި، އެހެން ނަމަވެސް ރަށްފުށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ކަމަށްވާ ފެނާއި ނަރުދަމާ ކަށަވަރުކޮށްދެއްވި ވެރިއަކީ ރައީސް ސާލިޙު ކަމަށް ރައްޔިތުން މިހާރު ގަބޫލުކުރާ ކަމަށެވެ. އަދި 2023 އަށް ދައުލަތުން ލަފާކުރާ ބަޖެޓު ވެގެންދާނީ ށ.އަތޮޅުގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނެ ބަޖެޓަކަށް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ރައީސް ސާލިޙުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ގާއިމް ކުރުމަކީ ސަރުކާރުގެ ވައުދެކެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން