އައްޑޫ ސިޓީގައި 5،000 ވަޒީފާ އުފައްދަވާނެ ކަމަށް ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އައްޑޫއަށް މިހާރު ކުރަށްވާ ދަތުރުފުޅުގެ ތެރެއިން ފޭދޫ އަށް ވަޑައިގެން އެރަށުގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބުދު ﷲ ޔާމީން ވިދާޅުވީ އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފިނަމަ ފުރަތަމަ ތިން އަހަރުގެ ތެރޭގައި އައްޑޫގައި އެކަނި 5،000 ވަޒީފާ އުފައްދަވާނެ ކަމަށެވެ.

ރައީސް ޔާމިން ވިދާޅުވީ އެ ވަޒީފާތައް އުފައްދަވާނީ އިގްތިސާދީ އެކި މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ. އަދި މިއީ އައްޑޫގައި މިއަދު ޒުވާނުން ބިކަވެފައި ތިބި ތިބުން ނިމުމަކަށް ގެނައުން ކުރާ ކަމެއް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ. އައްޑޫގަައި 5000 ވަޒީފާ އުފެއްދެވުމަކީ އެމަނިކުފާނަށް އުނދަގޫ ކަމެއް ނޫން ކަަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

"ހަމައެކަނި މި ސިޓީގައި މަސައްކަތް ކުރާ އައްޑޫ ރައްޔިތުންނަށް، މާލޭގައި ތިބި އައްޑޫ ރައްޔިތުންގެ ވާހަކައެއް ނޫން މި ދައްކަނީ، ހަމައެކަނި މި ސިޓީ އަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި 5،000 ވަޒީފާ އުފައްދާނަން." ރައީސް ޔާމީން ވިދާޅުވި އެވެ.



މީގެ އިތުރުން ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނަށް ވެރިކަމުގެ އިތުރު ދައުރެއް ލިބިވަޑައިގެންފިނަމަ އެންމެ ބޮޑު ކަމަކަށް އޮންނާނީ ދަރަނިތައް ފިލުވުން ކަމަށެވެ. އެއަށްފަހު އެންމެ އިސްކަމަކަށް އޮންނާނީ ޒުވާނުންގެ ހާލަތު ރަނގަޅު ކުރުން ކަމަށް ޔާމީން ވިދާޅުވި އެވެ.

އެގޮތުން ޒުވާނުންގެ ހާލަތު ރަނގަޅު ކުރަން އެންމެ ބޮޑު ކަމެއްގެ ގޮތުގައި އޮންނާނީ ޒުވާނުންނަށް ބޯހިޔާވަހިކަމާއި ވަޒީފާ ހޯދައިދީ އާމްދަނީ ހޯދޭނެ ގޮތެއް އޮތުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އިތުރަށް ވާހަކަފުޅު ދައްކަވަމުން ޔާމިން ވިދާޅުވީ ޕީޕިއެމަށް އޮތް ތާއިދު އިތުރުވަމުންދާ ކަމަށެވެ. ޔާމިން ވަނީ އިލެކްޝަން ކޮމިޝަންގެ ތެރެއިން އެޕާޓީގެ މެމްބަރުން ވަގަށް ނަގާ ކަމަށް ތުހުމަތުކުރަށްވާފައެެވެ. ރައީސް ޔާމިން ވިދާޅުވީ ބައެއް ޕާޓީތަކުގައި މެމްބަރުން ގިނަ ނަމަވެސް އެޕާޓީތަަކަށް އިންތިޚާބުގައި ވާދަކޮށްލަން ނުކެރޭ ކަމަށެވެ.

"ކީއްވެގެންތޯ އެހެން ޕާޓީއަކަށް އިންތިޚާބެއްގައި ވާދަކޮށްލަން ނުކެރިގެން މިއުޅެނީ. ނަމުގައި ރަޖިސްޓްރީގައި އޮންނާނެ ބައިވަރު މީހުން. އެކަމު އެތަންތަނަށް ދިޔައީމަ ތާއިދެއް ނެތްކަން އެބައެނގޭ. އެެހެންވީމަ ފެށުމުގައި ވެސް ވައްކަން، ނިމުމުގައި ވެސް ވައްކަން. އެހެންވީމަ މިއަކު ނެތް އެމީހުންނަށް ލިބޭނެ ގޮޑިއެއް، ސިޔާސީ މަސައްކަތުގައި އެންމެ މުހިންމީ އިހުލާސްތެރިކަން،" ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމިން އައްޑުއަށް މިއަދު ވަޑައިގަތުމުން އައްޑޫން ވަނީ ގިނަ އަދަދެއްގެ ބަޔަކު ނިކުމެ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން