އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު އަންނަ ޑިސެމްބަރުމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދަށް އެންމެފަހުން ގެނައި ބަދަލާއެކު އެޕާޓީގެ ދާއިރާތަކުގެ ހިންގާ ކޮމެޓީ އެކުލެވިގެންވާ ގޮތަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އެއްރަށަށްވުރެ ގިނަ ރަށްރަށް ހިމެނޭ ދާއިރާތަކުގެ ކޮންމެ ރަށަކުން ދާއިރާގެ ނާއިބު ރައީސް، ސެކްރެޓަރީ، އަންހެނުންގެ ސެކްރެޓަރީ އަދި ޒުވާނުންގެ ސެކްރެޓަރީ އެއް ހޮވަންޖެހެއެވެ. އަދި އެއްރަށުގައި އެއް ދާއިރާ ނުވަތަ އެއަށްވުރެ ގިނަ ދާއިރާ ހިމެނޭ ރަށްތަކުގެ ކޮންމެ ދާއިރާއަކުން އަންހެނުންގެ ސެކްރެޓަރީ އަދި ޒުވާނުންގެ ސެކްރެޓަރީ އިންތިޚާބުކުރަން ޖެހެއެވެ.

އެމްޑީޕީން ބުނީ މިމަޤާމްތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާކަމަށެވެ. މިމަޤާމްތަކަށް ކުރިމަތި ލައްވަން ބޭނުންފުޅުވާ ބޭފުޅުން އެޕާޓީގެ ވެބްސައިޓްގައިވާ ދާއިރާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކުރުމަށްފަހު މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބަށް ހުޅުވާލާފައިވާއިރު ޕީޕީއެމްގެ ދާއިރާތަކުގެ އިންތިޚާބު އިއްޔެ ވަނީ ބާއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން