ތިމާވެއްޓާއިބެހޭ މައްސަލަތަކާއިބެހޭ ގޮތުން ދުނިޔޭގެ ލީޑަރުންގެ މެދުގައި ބާއްވާ އެންމެ ބޮޑު ބައްދަލުވުން، ނުވަތަ ކޮޕް ސަމިޓު މިސްރުގެ ރިސޯޓް ރަށެއްކަމަށްވާ ޝަރާމް އަލްޝާއިހްގައި މިއަދު ފަށާނެއެވެ.

މިއަހަރުގެ ބައްދަލުވުމުގައި ދުނިޔޭގެ އެކި ޤައުމުތަކުން ސަތޭކަ ވިއްސަށްވުރެ ގިނަ ލީޑަރުން ބައިވެރިވާނެއެވެ. ރާއްޖޭގެ ފަރާތުންވެސް މި ސަމިޓުގައި ބައިވެރިވާއިރު، ރާއްޖެއިން ބައިވެރިވާ ވަފްދުގެ އިސް ބޭފުޅަކަށް ހުންނަވަނީ ނާއިބު ރައީސް ފައިސަލް ނަސީމެވެ.

ހަބަރުތައް ބުނާގޮތުން މިފަހަރުގެ ސަމިޓުގައި އަޑުއުފުލުމަށާއި، ބަލާލުމަށް ތިރީސް ހާހަށްވުރެ ގިނަ މީހުން ބައިވެރިވާނެއެވެ.

ކޮޕް ސަމިޓު ހުޅުވުމުގެ ރަސްމިއްޔާތު އާދީއްތަދުވަހު ބޭއްވިނަމަވެސް، އެ ސަމިޓުގެ މަސައްކަތްތައް ރަސްމީކޮށް ފަށާނީ މާދަމާއެވެ. އަދި ދުނިޔޭގެ ލީޑަރުން މި ސަމިޓުގައި ތަޤްރީރުކުރައްވާނީ ހޯމަދުވަހާއި އަންގާރަދުވަހުއެވެ.

މި އަހަރުގެ ސަމިޓުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ މިދިޔަ އަހަރު ސްކޮޓްލެންޑުގެ ގްލާސްގޮލާގައި ބޭއްވި ކޮޕް ސަމިޓުގައި ނިންމި ކަންކަން ތަންފީޒުކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން