މާލޭގެ އިރުމަތި ފަރާތުގެ ސަލްމާން މިސްކިތް ސަރަޙައްދަށް އުދަ އަރާތީވެ މާލެ ސިޓީ ކައުންސިލުން އެސަރަހައްދުގައި ފާރެއް ރާނައިފިއެވެ.

މާލެ ސިޓީގެ މޭޔަރު ޑރ މުޙައްްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި މާލެ ސިޓީ ކައުންސިލުން އިމާރާތް ކުރި ފާރުގެ ފޮޓޯތަކެއް ވަނީ ހިއްސާކުރައްވާފައެެވެ.

ކިންގް ސަލްމާން މިސްކިތް ހުންނަ ސަރަޙައްދަކީ މާލޭގައި ވަރަށް ގަދަޔަށް އުދައަރާ ސަރަޙައްދެއްކަން ފާހަގަކޮއްލެވެއެވެ. އަދި އުދައަރާ ކޮންމެ ފަހަރަކު މާލެ ސިޓީ ކައުންސިލުން އެސަރަހައްދު ސާފުކޮށް ހަދައެވެ.



މި ފާރު އިމާރާތް ކުރުމަށްފަހު މާލެއަށް އުދަ އެެރުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކަން ސިޓީ ކައުންސިލުން ފާހަގަކުރެވެއެވެ. އަދި އެ ސަރަހައްދުގައި ތަރައްގީކޮށްފައިވާ ޕާކިން ޒޯނުގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ވެސް ލޮނުގެ އަސަރުކުރުމުން ރައްކާތެރިކޮށްދެއެވެ.

އިއްޔެ މާލެއަށް އުދައެރުމުގެ ސަބަބުން ކާނިވާ ސަރަޙައްދާއި، ބޮޑުތަކުރުފާނުމަގުގެ ބޮޑު ސަރަޙައްދަކަށް ވަނީ ލޮނުގެ އަސަރުކޮށްފައެވެ. މާލެއަށް އުދަ އަރާފައިވާއިރު، ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް އުދަ އަރާނެކަމަށް ލަފާކޮށް އެ ސަރަޙައްދުތަކަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ވައިޓް އެލާޓް ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން