މިސްރުގައި ކުރިއަށްދާ ތިމާވެށީގެ ސަމިޓް، ކޮޕް 27 ސަމިޓުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސްރީލަންކާ ތަމްސީލުކުރައްވާތީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ކޮޕް 27 ސަމިޓުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސްރީލަންކާ ތަމްސީލުކުރައްވާތީ ރޮޒައިނާ ކަންބޮޑުވުން ފާޅުކުރެއްވިއިރު، އެހެން ބައެއް ސިޔާސީ ބޭފުޅުންވެސް ގެންދަވަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާއި ކަންބޮޑުވުން ފާޅުކޮށް ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވަނީ ބަންޑާރަ ނައިބާއިވެސް ސުވާލުތަކެއް ކުރިމަތިކޮށްފައެވެ. އެގޮތުން ރާއްޖެ ބައިވެރިވާ ސަމިޓެއްގައި މަޖިލީހުގެ ރައީސަށް އެހެން ޤައުމެއް ތަމްސީލު ކުރެއްވޭނެތޯޯ ރޮޒައިނާ ސުވާލުކުރައްވާފައިވެއެވެ.



"އަޅުގަނޑު ބުއްދިއަކަށް ގަބޫލެއް ނުކުރެވޭ އެކަން ކުރެވިދާނެކަމަކަށް" ރޮޒައިނާ ވިދާޅުވިއެވެ.



ރޮޒައިނާ ވިދާޅުވީ މަޖިލީހުން ރައީސް ނަޝީދުގެ ދަތުރަށް ހަރަދެއް ނުކުރަމޭ ބުންޏަސް މިކަން ނުނިމޭނެކަމަށެވެ.

މިސްރުގެ ރިސޯޓް ރަށެއްކަމަށްވާ ޝާމް އަލް ޝައިހްގައި ބާއްވާ ކޮޕް 27 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު ހުކުރުދުވަހު ވަނީ ފުރާވަޑައިގެންފައެވެ. ނަމަވެސް، ރައީސް ނަޝީދުގެ މި ދަތުރުފުޅަށް ދިވެހި ދައުލަތުން އެއްވެސް ހަރަދެއް ނުކުރާނެކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު