އިންތިހާބަކުން ކިތަންމެ ފަރަގު ކުޑަކޮށްވިޔަސް ބަލިވީމުމަކީ ލިބޭ ދެރައެއްކަމަށް މިނިސްްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މިފަހުން ބޭއްވި އިންތިހާބުތަކުގައި އެމްޑީޕީގެ ކެމްޕެއިންތަކުގައި އިސްކޮށް އުޅުއްވި މަހްލޫފް މިހެން ވިދާޅުވީ މިއަދު ބޭއްވި މަގޫދޫ އަދި ކަލައިދޫ ބައި އިލެކްޝަނުން ޕީޕީއެމްއާ ވާދަކޮށް އެމްޑީޕީ ބަލިވުމުންނެވެ.
މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކިތަންމެ ފަރަގު ކުޑަކޮށްވިޔަސް މިއަދު ބަލިވުމަކީ ދެރަކަމެއް ކަމަށެވެ. ނަމަވެސް މިފަހުން ބޭއްވި 8 ބައި އިލެކްޝަންގެ ތެރެއިން 5 ގޮނޑި އެމް.ޑީ.ޕީ އަށް ކާމިޔާބުވެފައިވާ ކަމީ ހަގީގަތްކަމަށް މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ ބައެއް ކަންކަން ރަނގަޅު ކޮށްލާފައި، ބަދަހިކޮށް ޖެއްސީމާ އަދިވެސް ފަސޭހަކޮށް ކާމިޔާބުކުރެވޭނެކަމަށެވެ.
މިއަދު ބޭއްވި ބައި އިލެކްޝަނުން އެމްޑީޕީ ބަލިވިއިރު އިންތިހާބުގައި މަގޫދު ޑަބްލިއުޑީސީގެ ގޮނޑިއަށް ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް އާމިނަތު ޔުމްނާ އަބްދުލްގަނީ ގޮނޑި ކާމިޔާބު ކުރީ 124 ވޯޓުންނެވެ. އަދި އެމްޑީޕީގެ ފަރާތުން ވާދަކުރި ކެންޑިޑޭޓް ފަރީދާ އަދްނާނަށް ލިބިފައި ވަނީ 115 ވޯޓެވެ.
ކަލައިދޫ ޑަބްލިއުޑީސީގެ ގޮނޑިވެސް ޕީޕީއެމުން ކާމިޔާބުކުރީ ހަނި ތަފާތަކުންނެވެ. އެގޮތުން ޕީޕީއެމްގެ ފަރާތުން ވާދަކުރި ކެންޑިދޭޓް ސަފިއްޔާއަށް ލިބުނީ 197 ވޯޓެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރި ކެންޑިޑޭޓް ހުވައިލަތު ރަހީމާއަށް ލިބިފައި ވަނީ 193 ވޯޓެވެ.

އެމްޑީޕީ އަށް ނާކާމިޔާބު ދުވަހެއް.
— Ahmed Mahloof (@AhmedMahloof) November 5, 2022
9 ވޯޓުން ނ. މަގޫދޫ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި ޔުމްނާ އަށް މަރުހަބާ.
އަދި 4 ވޯޓުން ކަލައިދޫގެ ގޮނޑި ކާމިޔާބުކުރެއްވި ޝާފިޔާއަށް މަރުހަބާ.
އެމްޑީޕީގެ ކެންޑިޑޭޓުން އަދި ކެމްޕޭން ޓީމުތަކުން ކުރެއްވި ބުރަ މަސައްކަތަށް ޝުކުރިއްޔަަ.💛
މިއަދު ބޭއްވި ބައި އިލެކްޝަނުން އެމްޑީޕީ ބަލިވިއިރު އިންތިހާބުގައި މަގޫދު ޑަބްލިއުޑީސީގެ ގޮނޑިއަށް ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް އާމިނަތު ޔުމްނާ އަބްދުލްގަނީ ގޮނޑި ކާމިޔާބު ކުރީ 124 ވޯޓުންނެވެ. އަދި އެމްޑީޕީގެ ފަރާތުން ވާދަކުރި ކެންޑިޑޭޓް ފަރީދާ އަދްނާނަށް ލިބިފައި ވަނީ 115 ވޯޓެވެ.
ކަލައިދޫ ޑަބްލިއުޑީސީގެ ގޮނޑިވެސް ޕީޕީއެމުން ކާމިޔާބުކުރީ ހަނި ތަފާތަކުންނެވެ. އެގޮތުން ޕީޕީއެމްގެ ފަރާތުން ވާދަކުރި ކެންޑިދޭޓް ސަފިއްޔާއަށް ލިބުނީ 197 ވޯޓެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރި ކެންޑިޑޭޓް ހުވައިލަތު ރަހީމާއަށް ލިބިފައި ވަނީ 193 ވޯޓެވެ.
ކިޔުންތެރިންގެ ހިޔާލު