ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މިމަހުގެ 25 ވަނަ ދުވަހު މަރުވި ގދ. ހޯނޑެއްދޫ އުމުރުން 43 އަހަރުގެ ޢަބްދުﷲ ރަޝީދުގެ ޖަނާޒާ ބާއްވައިފިއެވެ.

ރަޝީދުގެ ޖާނާޒާ މިއަދު ބޭއްވިއިރު، އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު އިންޑިއާއިން މާލެ ގެނައީ މިއަދުއެވެ.

އޭނާގެ ޖަނާޒާ ބޭއްވީ މަޣުރިބް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.

ރަޝީދު މަރުވި މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ނެޝެނަލް އިންޓަގްރިޓީ ކޮމިޝަނުން މިހާރު އަންނަނީ ތަޙުޤީޤުކުރަމުންނެވެ.

ފުލުހުން ބުނީ، އޭނާ މަރުވީ މެއަށް ތަދެއް އަރައިގެން އޭނާގެ ކިބައިން ސިޒަރގެ ޢަލާމަތްތަކެއް ފެނުމާއި ގުޅިގެން ގދ. މަޑަވެލި ސިއްޙީ މަރުކަޒަށް ގެންދިޔަ މަގުމަތީގައި ކަމަށެވެ. އޭނާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރުންނާއި ޙަވާލާދީ ފުލުހުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު