ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ސާބިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައިފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި ޝާހިދު ސާބިއާއަށް ވަޑައިގަތީ އިއްޔެއެވެ. ފޮރިން މިނިސްޓަރ އަބުދު ﷲ ޝާހިދު ސާބިއާގެ ބެލްގްރޭޑަށް ވަޑައިގެންނެވީ ބޮޑުވަޒީރުގެ ފުރަތަމަ ނައިބު އަދި ޚާރިޖީ ވަޒީރު އިވިކާ ޑެސިޗްގެ ދައުވަތަކަށެވެ.

ޝާހިދުގެ މި ދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ސާބިއާގެ ނެޝަނަލް އެސެބްލީ ނުވަތަ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ވްލަޑިމޭރު އޯލިޗްއާއެވެ. މި ބައްދަލުކުރެއްވުމުގައި ޑިމޮކްރަސީ ކުރިއެރުވުމުގައި ޤާނޫނު ހަދާ މަޖިލީހުގެ ދައުރާއި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.



މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ބިނާކުރަނިވި މަޝްވަރާތަކެއް ކުރެއްވުމަށް އުންމީދުކުރައްވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ސާބިއާއަށް ވަޑައިގެންފައިމިވަނީ އިނގިރޭސިވިލާތަށް ކުރެއްވި ހަ ދުވަހުގެ ރަސްމީ ދަތުރުފުޅު އިއްޔެ ނިންމަވާލެއްވުމަށްފަހުއެެވެ.



ކިޔުންތެރިންގެ ހިޔާލު