ނ. މަގޫދޫ އާއި ލ. ކަލައިދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ ގޮނޑިތައް ޕީޕީއެމުން ކާމިޔާބު ކޮށްފިއެވެ.

މިކަން ޕީޕީއެމުން ވަނީ ހާމަ ކުރައްވާފައެވެ.

މި އިންތިހާބުގައި މަގޫދު ޑަބްލިއުޑީސީގެ ގޮނޑިއަށް ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް އާމިނަތު ޔުމްނާ އަބްދުލްގަނީ އަށް ލިބިފައިވަނީ 124 ވޯޓެވެ. އަދި އެމްޑީޕީގެ ފަރާތުން ވާދަކުރި ކެންޑިޑޭޓް ފަރީދާ އަދްނާނަށް ލިބިފައި ވަނީ 115 ވޯޓެވެ. އެހެންކަމުން ޔުމްނާ މި ގޮނޑި ކާމިޔާބު ކުރީ ނުވަ ވޯޓުގެ ތަފާތަކުންނެވެ.

ކަލައިދޫ ޑަބްލިއުޑީސީގެ ގޮނޑިވެސް ޕީޕީއެމުން ކާމިޔާބުކުރީ ހަނި ތަފާތަކުންނެވެ. އެގޮތުން ޕީޕީއެމްގެ ފަރާތުން ވާދަކުރި ކެންޑިދޭޓް ސަފިއްޔާއަށް ލިބުނީ 197 ވޯޓެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރި ކެންޑިޑޭޓް ހުވައިލަތު ރަހީމާއަށް ލިބިފައި ވަނީ 193 ވޯޓެވެ. އެހެންކަމުން މި ގޮނޑި އެމްޑީޕީއަށް ގެއްލުނީ އެންމެ ފަސް ވޯޓުގެ ތަފާތުންނެވެ.

މި އިންތިހާބުގެ ނަތީޖާ ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް، މިގޮތަށް ވޯޓު ނިމި އެ ނަތީޖާއިން އެމްޑީޕީ ބަލިވެފައިވާކަމަށް އެމްޑީޕީގެ އިންތިހާބުތަކުގައި މިފަހަކަށްއައިސް އިސްކޮށް އުޅުއްވާ ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފްެސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު