ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިޔަސް އަދި އެނޫން މެންބަރެއްވިޔަސް އެހެން ގައުމެއްގެ ވަޒީފާއެއް އަދާކުރުމަކީ ގާނޫނު އަސާސީ ތަންދޭކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކޮޕް27 ސަމިޓްގައި ލަންކާ ތަމްސީލް ކުރައްވާތީ، ކުރީގެ ބަންޑާރަނައިބު ޑރ. މުޙައްމަދު މުނައްވަރު އެމަނިކުފާނަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުން ޝަރީފް މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކަށް، އެއީ މަޖިލީހުގެ ރައީސްކަމުގައި ވިޔަސް މެންބަރުކަން ފިޔަވާ އެއްވެސް ދައުލަތެއްގެ އެއްވެސް ވަޒީފާއެއް އަދާކުރުމަށް ގާނޫނު އަސާސީ ތަންނުދޭ ކަމަށެވެ.
ޝަރީފް މިފަދައިން ވިދާޅުވިއިރު، މި ސަމިޓްގައި ރައީސް ނަޝީދު، ރާއްޖެ ތަމްސީލު ކުރެއްވުމުގެ ބަދަލުގައި އަވަށްޓެރި ސްރީލަންކާ ތަމްސީލު ކުރެއްވުމުން ކުރީގެ ބަންޑާރަނައިބުކަން ކުރައްވާފައިވާ ޑރ. މުޙައްމަދު މުނައްވަރުގެ އިތުރުން އާޒިމާ ޝުކޫރުވެސް ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.
ނަމަވެސް، ރައީސް ނަޝީދުގެ މި ދަތުރުފުޅަށް ދިވެހި ދައުލަތުން އެއްވެސް ހަރަދެއް ނުކުރާނެކަމަށް މަޖިލީހުންވަނީ މިއަދު ބުނެފައެވެ.
މިސްރުގެ ރިސޯޓް ރަށެއްކަމަށްވާ ޝާމް އަލް ޝައިހްގައި ބާއްވާ ކޮޕް 27 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު ހުކުރުދުވަހު ވަނީ ފުރާވަޑައިގެންފައެވެ.

Rayyithun ge Majlis ge evves member akah e ee e Majlis Raees kamah viyas, evves dhaulath egge evves wazeefa eh member kan fiyavaa adhaa kurumakah QA thaneh not dhey
— Ibrahim Shareef (@AdduShareef) November 5, 2022
ނަމަވެސް، ރައީސް ނަޝީދުގެ މި ދަތުރުފުޅަށް ދިވެހި ދައުލަތުން އެއްވެސް ހަރަދެއް ނުކުރާނެކަމަށް މަޖިލީހުންވަނީ މިއަދު ބުނެފައެވެ.
މިސްރުގެ ރިސޯޓް ރަށެއްކަމަށްވާ ޝާމް އަލް ޝައިހްގައި ބާއްވާ ކޮޕް 27 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު ހުކުރުދުވަހު ވަނީ ފުރާވަޑައިގެންފައެވެ.
ކިޔުންތެރިންގެ ހިޔާލު