ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކޮޕް27 ސަމިޓްގައި ލަންކާ ތަމްސީލް ކުރައްވާތީ، ކުރީގެ ބަންޑާރަނައިބު ޑރ. މުޙައްމަދު މުނައްވަރު ފާޑުވިދާޅުވެއްޖެއެވެ.
ކޮޕް ސަމިޓަކީ މޫސުމީ މައްސަލަތަކާއި ބެހޭގޮތުން ބޮޑެތި ނިންމުންތައް ނިންމުމަށް ބާއްވާ ބައިނަލްއަގުވާމީ ބޮޑު ކޮންފަރެންސެކެވެ. އެގޮތުން މޫސުމީ ނާޒުކު ގައުމުތަކަށާއި ބޮޑެތި ގައުމުތަކުގެ ތަރައްގީގެ މަޝްރޫޢުތަކުން ތިމާވެއްޓަށް ލިބޭގެއްލުންތަކުން އަރައިގަތުމަށް ހިންގާ މަޝްރޫޢުތަކަށް އެހީދިނުމާއި ބެހޭގޮތުން މުހިންމު ނިންމުންތައް ނިންމަނީ ވެސް މި ކޮންފަރެންސްގައެވެ.
މި ސަމިޓްގައި ރައީސް ނަޝީދު، ރާއްޖެ ތަމްސީލު ކުރެއްވުމުގެ ބަދަލުގައި އަވަށްޓެރި ސްރީލަންކާ ތަމްސީލު ކުރެއްވުމުން ޑރ. މުނައްވަރު ވަނީ، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިވެހި ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވައިގެން އެހެން ގައުމެއްގެ ވަފުދެއްގައި އެ ގައުމު ތަމްސީލު ކުރަން ވަޑައިގެންނެވިއިރު ދިވެހި ގައުމު ކޮބައިތޯ ސުވާލު ކުރައްވާފައެވެ.
އަދި ދިވެހި ދައުލަތަށް ވަފާތެރިވުމަކީ އެއީތޯ ވެސް ވަނީ ސުވާލު ކުރައްވާފައެވެ.
މިސްރުގެ ރިސޯޓް ރަށެއްކަމަށްވާ ޝާމް އަލް ޝައިހްގައި ބާއްވާ ކޮޕް 27 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު ހުކުރުދުވަހު ވަނީ ފުރާވަޑައިގެންފައެވެ. އެމަނިކުފާނުގެ ދަތުރުފުޅާއި ގުޅިގެން ކުރީގެ ބަންޑާރަނައިބެއް ކަމަށްވާ އަލްޢުސްތާޛާ އާޒިމާ ޝުކޫރުވެސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ނަމަވެސް، ރައީސް ނަޝީދުގެ މި ދަތުރުފުޅަށް ދިވެހި ދައުލަތުން އެއްވެސް ހަރަދެއް ނުކުރާނެކަމަށް މަޖިލީހުންވަނީ މިއަދު ބުނެފައެވެ.

سبحان الله ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް ވީ ދިވެހިރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން އެހެން ގައުމެއްގެ ވަފުދުގައި އެ ގައުމު ތަމްޘީލުކުރަންގޮހޯ.ކޮބައިތޯ ދިވެހި ގައުމު؟ ކޮބައިތޯ ދިވެހި ދައުލަތަށް ވަފާތެރި ވުމަކީ؟
— Mohamed Munavvar (@MMunavvar) November 5, 2022
މިސްރުގެ ރިސޯޓް ރަށެއްކަމަށްވާ ޝާމް އަލް ޝައިހްގައި ބާއްވާ ކޮޕް 27 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު ހުކުރުދުވަހު ވަނީ ފުރާވަޑައިގެންފައެވެ. އެމަނިކުފާނުގެ ދަތުރުފުޅާއި ގުޅިގެން ކުރީގެ ބަންޑާރަނައިބެއް ކަމަށްވާ އަލްޢުސްތާޛާ އާޒިމާ ޝުކޫރުވެސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ނަމަވެސް، ރައީސް ނަޝީދުގެ މި ދަތުރުފުޅަށް ދިވެހި ދައުލަތުން އެއްވެސް ހަރަދެއް ނުކުރާނެކަމަށް މަޖިލީހުންވަނީ މިއަދު ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު